“ހެޔޮހިތުން ރަން”ގައި ބައިވެރިވުމަށް ބިބެއް ގަނެލާ ރެޖިސްޓްރީ ކޮއްލާ!

23 މެއި 2022 - 13:50

މޯލްޑިވްސް ރެޑްކްރެސެންޓުގެ ފަރާތުން ކުރިއަށް ގެންދާ “ހެޔޮހިތުން ރަން”ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބިބެއް ގަނެލަިއގެން ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވަލައިފި އެވެ.

ރެޑްކްރޮސެންޓް ޑޭ އާ ގުޅިގެން ފަންޑްރައިސް ކުރަން ހިންގާ މިހަރަކާތް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް މޯލްޑިވްސް ރެޑްކުރެސެންޓް އިން ބުންޏެވެ.

ކުޅިވަރު އެކުވެނީގައި ކުރިއަށްދާ މި ފަންޑްރައިސިން އިވެންޓުގައި ބިބް ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާ ރެޑްކްރެސެންޓުގެ އެމަޖެންސީ ރެސްޕޮންސަށް ކަމަށް އެތަނުން ބުންޏެވެ. ބިބެއްގެ އަގަކީ 200 ރުފިޔާއެވެ.

ބިބު ގަތުމުން ހެޔޮހިތުން ރަންގައި ބައިވެރިވުމަށް ރެޖިސްޓްރީކުރެވޭނެ ކަމަށްވެސް ބުންޏެވެ. މި ދުވުން ބާއްވަން ނިންމާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ފަސް ކިލޯމީޓަރަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0