ޕީސީއޯއެސް އާއެކުވެސް ދަރިމައިވެވޭނެ

25 މެއި 2022 - 11:21

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އަކީ ދަރިމައިވުމުގެ އުމުރުފުރައިގެ އަންހެނުންގެ ހަށިގަނޑުގައި ހުންނަ ހޯމޯން ޑިސްއޯޑާއެކެވެ. ޕީސީއޯއެސް ހުންނަ ނަމަ ޕީރިއަޑް ގަވާއިދުން ނުވުމާއި، ދަރިމައިވުމުގެ މައްސަލަތައް ދިމާވެ އެވެ. އޭގެ އިތުރުން މޫނުގައި އިސްތަށިފެޅުމާއި ބަރުދަން އިތުރުވުމާއި، ޕީރިއަޑް ދިގުލައިގެން ދިޔުންވެސް ހިމެނެ އެވެ.

ރާއްޖޭގައިވެސް މިފަދަ ބަލި ތަހައްމަލްކުރާ އެތަށް ބަޔަކު އެބަތިއްބެވެ. ހާއްސަކޮށް ޒުވާން އުމުރުފުރައިގެ ކުދިންނެވެ.

advertisement

ޕީސީއޯއެސްގެ އަސްލު ސަބަބަކީ ކޮބައިކަން މިހަތަނަށް ދެނެގަނެވިފައިނުވި ނަމަވެސް އެ ހުރިކަން އެނގި ކުރީކޮޅު ފަރުވާ ދެވިއްޖެ ނަމަ ރަނގަޅުކުރެވިދާނެ އެވެ. އަދި ގަވައިދުން ކަސްރަތުކޮށް ކެއުމުގެ ވައްޓަފާޅި ބަދަލުކޮށް ބަރުދަން ލުއި ކުރެވިއްޖެ ނަމަ ޕީސީއޯއެއްގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރެވިދާނެ އެވެ.

މި ބަލި ތަހައްމަލް ކުރާ މީހުން ހަކުރު ބަލި ޖެހުމުގެ ފުރުސަތުވެސް އެބައޮތެވެ. ސަބްބެއް ކަމަށް ގިނަ ސިއްހީ މަހިރުން ލަފާކުރައްވަނީ ޕީސީއޯއެސްއަކީ މުޅި ހަށިގަނޑުގެ މެޓަބޯލިޒަމް އަށް އަސަރުކުރާ ބައްޔެއް ކަމަށާއި އެހެން ކަމުން ހަށިގަނޑުގެ އިންސުލިން ރެސިސްޓަންސް ކުރާ ކަމަށެވެ. އިންސުލިން އަކީ ހަށިގަނޑުގައި ވަކިވަރަކަށް ހަކުރުގެ މިންވަރު ހިފެހެއްޓުމަށްޓަކައި އުފައްދާ ހޯމޯނަކަށްވާއިރު އިންސުލިން ރެސިސްޓަންޓް އޭ ބުނެވެނީ ހަށިގަނޑުގައި އާންމުކޮށް އިންސުލިން މަސައްކަތް ކުރާ ވަރަށްވުރެ އޭގެ ބާރު ކުޑަވުމުންނެވެ.

ޕީސީއޯއެސްއަކީ ދާއިމީ ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށް ވާއިރު، އެންމެ ގިނައިން އަޑުއިވޭ އެއް ވާހަކައަކީ މި ބަލި ހުންނަ ފަރާތްތަކުން ވަރަށް ބޮޑަށް ބަރުދަނަށް ބަލައިގެން އުޅެންޖެހޭ ވާހަކަ އެވެ.

ރާއްޖޭގައި 2017 ގައި ހެދި ޑިމޮގްރަފިކް ސާވޭ އަކުން ދައްކާ ގޮތުގައި ދިވެހި އަންހެނުންގެ 50 އިންސައްތަ މީހުންނަކީ އޮބީސް ނުވަތަ ހުންނަންޖެހޭ ވަރަށްވުރެ ބަރުދަން އިތުރު މީހުންނެވެ. ޕީސީއޯއެސް ހުރެފައި ބަރުދަން އިތުރުނަމަ ގާތްގަނޑަކަށް 5-10 އިންސައްތަ ބަރުދަން ލުއިކުރުމުންވެސް މި ބަލީގެ އަލާމާތްތައް ބޮޑުތަނުން ކުޑަ ކޮށްދެ އެވެ.

އާންމު ގޮތެއްގައި ޕީސީއޯއެސް ހުންނަ ކަމުގެ ނިޝާންތަކުގެ ތެރޭގައި ޕީރިއަޑްވުން ލަސްވުން ނުވަތަ ޕީރިއަޑް ނުވުން، މާބަނޑުވުމަށް ދަތިވުން (އޯވަމް ހަށިގަނޑުން ދޫކުރުން ލަސްވުމުގެ ސަބަބުން)، މޫނާއި ކަރު އަދި މޭމަތީގައި އިސްތަށިފެޅުން ހިމެނެއެވެ. މީގެ އިތުރުން ބަރުދަން އިތުރުވުން، ވަރުބަލިކުރުން، ބޮލުގައި ރިއްސުން، އަދި ހާސްވެ ކަންބޮޑުވުމަކީވެސް ޕީސީއޯއެސް ހުރެދާނެ ކަމުގެ އަލާމާތްތަކެވެ. ބޮލުން އިސްތަށި ފޭބުމާއި ހަންގަނޑު ތެޔޮވެ، ހަންގަނޑުގައި، ހާއްސަކޮށް ނިތްކުރީގައި ބިހި ނެގުމަކީވެސް ޕީސީއޯއެސް ހުރުމުން ފެނިދާނެ ނިޝާންތަކެވެ.

ޕީސީއޯސް ހުރެ، މި ހުރިހާ އަލާމާތެއް ނުފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ. ބައެއް ހާލަތްތަކުގައި އެންމެ އަލާމާތެއް ފެނުމަކީވެސް ދިމާވެދާނެކަމެކެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ މިއިން އެއްވެސް ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމެވެ.

ޕީސީއޯއެސްއާއެކު މާބަނޑުވާން ބޭނުން ނަމަ މިކަންކަމަށް ވިސްނާށެވެ.

  • ބަރުދަން އިތުރުން:
    ބަރުދަން އިތުރުވުމުގެ ސަބަބުންވެސް ޕީސީއޯއެސްއިން ސަލާމަތްވާން އުދަނގޫވެދާނެ އެވެ. ހަރުދަނާ ރަނގަޅު ޑައިޓަކާއެކު ކަސްރަތުކޮށް ބަރުދަން ލުއި ކުރުމުގެ ސަބަބުން މާބަނޑުވުމަށް ފަސޭހަވެ އެވެ.
  • އޮވިއުލޭޝަނަށް ބެސް ބޭނުން ކުރުން:
    މައްސަރުދުވަސްވަރު ނިމުމުން އޮވިއުލޭޝަނަށް ބޭސް ކަށެވެ. ނުވަތަ ޑޮކްޓަރެއްގެ ލަފަޔާއެކު އެކަމަށް އެންމެ އެކަށޭނެ ފަރުވާ ހޯދައި ބޭސް ބޭނުން ކުރާށެވެ.
  • އިން-ވިޓްރޯ ފާޓިލައިޒޭޝަން އަށް ވިސްނާލާ:

ބޭސް މަސައްކަތް ނުކުރާނަމަ އިންޓްރޮޓެރިން އިންސެމިނޭޝަން ނުވަތަ އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ވެސް އިހްތިޔާރު ކުރެވިދާނެ އެވެ.

ޕީސީއޯއެސް ހުންނަ މީހުންވެސް ދަރިމައިވެ އެވެ. އެހެން ނަމަވެސް މިއީ ވަރަށް ރިސްކު ބޮޑު ކަމެކެވެ. އަދި ބައިގެން ދިޔުމުގެ ފުރުސަތުވެސް ބޮޑު ކަމެކެވެ. އެހެން ކަމުން މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީ ހޯދައި ފަރުވަ ފަށަންވާނެ އެވެ.

ރިއެކްޝަންސް
0
2
2
97
2
2
4