މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މުއާމަލާތުަ ކުރުމަށް 10 ސްޓްރެޓެޖީ!

25 މެއި 2022 - 14:24

ވާހަކައިގެ ވައްޓަފާޅިހުންނަ ގޮތުން ބައެއް ފަހަރު ކޮމިއުނިކޭޝަން ކޮމްޕްލިކޭޓެޑް އިހްސާސް ކުރެވޭނެ އެވެ. ނަމަވެސް ވާހަކަދެއްކުމުގެ އިޝާރާތްތަކަށް ހޭލުންތެރިކަން އިތުރުކޮށް، އަމިއްލަ ނަފްސު ފާޅުކުރުމަށް އާ ގޮތްތައް ޕްރެކްޓިސް ކުރުމަކީ މިހާރަށްވުރެ ވިސްނުންތެރިކަމާއެކު މުއާމަލާތް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިކަމުގެ ސަބަބުން ތިބާގެ ހުރިހާ ގުޅުމެއް ވެސް ވަރުގަދަ ކުރުމަށް އެހީތެރިވެދެއެވެ.

މުއާމަލާތުގެ ބާވަތްތައް.

ފޭޝަލް އެކްސްޕްރެޝަންތަކުން ފެށިގެން ވޮއިސްގެ ޓޯން އިން ފެށިގެން ޓެކްސްޓް މެސެޖްތަކާ ހަމައަށް ކޮންމެ ދުވަހަކު އެތައް ހާސް މުވާސަލާތީ އިޝާރާތްތަކަށް ތިބާ ޖަވާބު ދެ އެވެ.

advertisement

ދިރިއުޅުމުގެ ވައްޓަފާޅިން ތިބާ އަށް ކުރެވޭ މުއާމަލާތުގެ ފަސް ބާވަތެއް ހިމެ އެވެ. އޭގެތެރޭގައި:

 • އަނގަބަހުން ވާހަކަ ދެއްކުން.
 • އިޝާރާތުން ވާހަކަ ދެއްކުން.
 • އަޑުއަހައިގެން ވާހަކަ ދެއްކުން.
 • ފެންނަ ފެނުންތަކަށް ދައްކާ.
 • ލިޔުމުން ދޭހަވާ ކަންކަން ނުވަތަ ލިޔުމުން ދެކެވޭ ވާހަކަ.
 • ތިބާގެ އަޑު ހޯދާ:
  ތިބާގެ އަޑުން ތިބާގެ ހުރިހާ އިހުސާސްތައް ބުނެދޭނެ އެވެ. އުފަންވީ ތަނުން ފެށިގެން ތިބާގެ މިހާރު ގެ އިހުސާސްތައް ހުރި ގޮތާއި ހަމައަށް އެތައް ކަމެއްގެ ކޮންމެވެސް ވަރެއްގެ އިޝާރާތެއް ދޭނެ އެވެ.

ޔަގީން ކަމާއެކު ވާހަކަ ދައްކާ އަޑު، ތިބާ ބޭނުންކުރާ ބަސްތައް ފަދައިން މުހިންމު އެއްޗަކަށް ވެސް ވެދާނެއެވެ. ހާއްސަކޮށް އަޑުގެ ރާގުގެ ސަބަބުން ތިބާ ބުނާ އެއްޗަކަށް މާނައިގެ އިތުރަށް އެނގިގެންދެއެވެ.

 • ފިލާ ބަސްތަކުން ދުރުހެލިވޭ:

“އުހު”، “ލައިކް”، “ސޯ” ފަދަ ލަފުޒުތައް ފިލަރ ބަސްތަކަށް ތިބާ ހީކުރާ ވަރަށްވުރެ ގިނަ ފަހަރު ތިބާ އަށް ބޭނުންކުރެވިދާނެ އެވެ. މި ބަސްތަކަކީ ގުދުރަތީ ގޮތުން އައިސް ބޭނުންކުރެވިދާނެ ބަސްތަކެއް ނަމަވެސް 2015 ވަނަ އަހަރުގެ ދިރާސާތަކަށް ބަލާއިރު، ފިލާ ބަސްތައް ބޭނުންކުރާ މީހުން އެހެން މީހުންގެ ސަމާލުކަން ދުރުކޮށްދީ، އިތުބާރު ކުޑަކަން ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކާފާނެ އެވެ.

 • ތިބާގެ ބޮޑީ ލެންގުއޭޖާއިމެދު ވިސްނާ:

އަނގަބަހުން ކުރެވޭ މުވާސަލާތުގައި ގަސްދުގައި ކުރެވޭ ހަރަކާތްތަކާއި ބޮޑީ ލޭންގުއޭޖް ވަރަށް މުހިންމު ދައުރެއް އަދާކުރެވެއެވެ.

 • ވާހަކަ ދައްކަމުންދާއިރު “އައި” ބެނުންކުރުން:

ކްރިޓިކަލް ކޮންޑިޝަންތަކުގައި އެހެންމީހަކާއި ވާހަކަދައްކަމުންދާއިރު އަމިއްލަ ނަފުސަށް އައި ފަދަ ބަސްތަށް ބެނުން ކުރުން މުހިންމެވެ. އެއީ ފަހަރުގައި ތިބާ އާ ދޭތެރޭ އެހެން މިހުން ވިސްނާގޮތް ބަދަލުވެދާނެތީއެވެ.

 • އެކްޓިވްކޮށް އަޑުއަހަން ޕްރެކްޓިސް ކުރުން.

އިފެކްޓިވް ކޮމިއުނިކޭޝަނަކީ އަބަދު ދައްކާ ނުވަތަ ފާޅުކުރާ ވާހަކައެއް ނޫނެވެ. އެއީ ވެސް އަޑުއެހުމުގެ ވާހަކަ އެވެ.

 • ފޭޝަލް އެކްސްޕްރެޝަންތަކަށް ސަމާލުކަން ދޭށެވެ.

ފޭސްޓައިމްގައި ވާހަކަ ދައްކާއިރު ފޭޝަލް އެކްސްޕްރެޝަންތަކަށް ވިސްނާށެވެ.

މިހާރު މުއާމަލާތުކުރާ ގޮތާއި މެދު އިތުރު ތަސައްލީއެއް ލިބުމަކީ ތިބާގެ ހިޔާލުތައް ސާފު އަދި އިހުތިރާމް ލިބިގެންވާ ގޮތަކަށް ހިއްސާކުރަން ދަސްކުރުމަށް އެޅޭ ވަރަށް ބޮޑު ފުރަތަމަ ފިޔަވަޅެވެ.

ރިއެކްޝަންސް
0
0
0
0
0
0
0