ކޮފީބުއިމުގައި ސަމާލުވާންވީ ކޮންބައެއް؟

31 މެއި 2022 - 14:31

ކޮފީއަކީ މިހާރު އަހަރެމެން ވަރަށް ގިނައިން ބޮއެއުޅޭ އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް ކޮފީއެއް ބޮއެނުލައިފިނަމަ މޫޑަށް ބަދަލު އަންނަކަމަށް މީހުން ބުނެއުޅެއެވެ. 2 މީހަކު ދިމާވިއަކަސް ދެން އެ ދާންވީ ކޮފީއަކަށެވެ. ދުވާލެއްގެ މައްޗަށް 5 ނުވަތަ 6 ކޮފީއިން ނުފުދޭ މީހުންވެސް އުޅެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ކޮފީ ބޯންވީ ކިހާވަރަކަށްތޯ ނުވަތަ މިއީ ހަމަ ކޮންމެ މީހަކަށްވެސް ބޮވިދާނެ އެއްޗެއް ބާވައެވެ؟

އާންމުގޮތެއްގައި ދުވާލެއްގެ މައްޗަށް އެންމެ ރަނގަޅީ ދެތަށި ރެގިއުލާ ކޮފީއެއް ބުއިމެވެ. އެހެންނަމަވެސް ގިނައިން ކޮފީ ބޮއެ އުޅޭ ފަރާތްތަކުން އެއަށްވުރެ ކުޑަ ތަންކޮޅެއް އިތުރުވުމަކުން މާ ބޮޑު މައްސަލައެއް ނެތެވެ.

advertisement

އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާގޮތުގައި އާންމު މީހުންނަމަ ރެގިއުލާ ކޮފީއެއްގެ މިންވަރަކީ 400 މިލިގްރާމްސް އެވެ. ނަމަވެސް މާބަނޑުއިރު އަދި ކިރުމައިންނަށް އެންމެ ރަނގަޅީ ދުވާލަކާށް 300 މިލިގްރާމް ނުވަތަ އެއަށްވުރެ ވެސް މަދެވެ. އެއީ ގާތްގަނޑަކަށް 2-3 ޖޯޑެވެ.

މާބޮޑަށް ކޮފީ ބުއިމުގައި ސަމާލުވާންވީ ބަޔަކުވެސް އުޅެއެވެ. މި މީހުން އާންމު މީހުންނަށްވުރެ ބޮޑަށް ކޮފީ ބުއިމުގައި ސަމާލުވާންޖެހެއެވެ. ސަބަބަކީ މާގިނައިން ކޮފީ ބޮއެފިނަމަ އެމީހުންގެ ސިއްހަތައް ގެއްލުން ވެދާނެކަމުގެ ބިރަށެވެ. އޭގެތެރެގައި ހިމެނެނީ:

ގޭސްޓްރިކް މައްސަލަ ހުންނަ މީހުން:

މި މީހުން ކޮފީބުއިން އެހާ ރަނގަޅު ނޫނީ ކޮފީގައި އެކުލެވޭ ގިނަ މާއްދާތަކުގެ ސަބަބުން ބަނޑުގައި އެސިޑް އުފެދޭ މިންވަރު އިތުރުވާތީއެވެ.

ލޭ މަދުވާ މީހުން:

މިބައިގައި ތެލަސީމިއާ ކުދިން ހިމެނެއެވެ. މިފަދަ ކުދިން ކޮފީ ބުއިމާއި ކެއުމާއި ދޭތެރޭ 2 ގަޑިއިރު ބަހައްޓަންޖެހެއެވެ.

މާބަނޑު މީހުން ނުވަތަ ކިރުމައިން:

މި މީހުން ކޮފީބޯނަމަ ދުވާލަކަށް ރެގިއުލާ ދެ ކޮފީ 12 ގަޑިން 12 ގަޑިން ބޮވިދާނެއެވެ. އެހެންނޫންނަމަ ކިރުގައި ކޮފީގެ މާޢްދާތައް ހިމެނި އޭގެ އަސަރު ދަރިފުޅަށް ކުރާނެއެވެ. ކޮފީގެ އެންމެ ބޮޑު ހަގީގަތަކީ މިއީ ހަމަ މީހާ ނިދިން ހޭލައްވާލާ އެއްޗެއް ކަމެވެ. މެންދުރުފަހު ކޮފީ ބުއިމަކީ ޑައިޓީޝަނުން ރިކޮމެންޑް ކުރާ ކަމެއް ނޫނެވެ. ނަމަވެސް އެ ވަގުތަށް ފަހުވެސް ކޮންމެހެން ކޮފީއެއް ބޮވައިގަނެފިނަމަ ކޮފީ ބޯ މިންވަރު މަދުކުރުމަށް ސަމާލުވާން އިލްތިމާސްކުރެއެވެ. ހަށިގަނޑުން ފެންމަދުވާ މީހުން ގިނައިން ފެން ބުއިމަކީ ރަނގަޅު ކަމެއްނޫނެވެ.

ރިއެކްޝަންސް
1
5
9
2
4
0
2