ބޯހިމެނުމުގައި ބައިވެރިވުމަށް އިނގެންޖެހޭ ހުރިހާ ކަމެއް

5 ޖޫން 2022 - 11:10

ބޯހިމެނުމަކީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް، އަދި ބޯހިމެނުމުގައި ބައިވެރިވެ މަސައްކަތް ކޮށްލުމަކީ ވަރަށް ގިނަ ކަންކަން ދަސްވެ ތަޖުރިބާ ކޮށްލެވޭނެ ވަރަށް ރަނގަޅު ފުރުސަތެކެވެ. މިމަސައްކަތުގައި އުޅުމުން މީހުންނާއިއެކީ މަސައްކަތްކުރަން ދަސްވެ ތަފާސްހިސާބަށް އަހުލުވެރިވެ އެވެ.

އަދި ބޯހިމެނުމަކީ ސްކޫލް ނިންމާ ދަރިވަރުން މަތީތަޢުލީމަށް ދިއުމުގެކުރިން އަދި ވަޒީފާގެ މައިދާނަށް ނުކުތުމުގެ ކުރިން ތަޖުރިބާކޮށްލަން ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް ރާއްޖޭގެ ތަފާސް ހިސާބާ ބެހޭ މަރުކަޒު ވިދާޅުވެއެވެ. މިކަމުގެ ތެރެއިން މީހުންނާ މުއާމަލާތުކުރުން، ޓީމެއްގެ ގޮތުގައި ގިނަބަޔަކާއިއެކު މަސައްކަތްކޮށް ޑެޑްލައިންއަށް މަސައްކަތް ނިންމުން، ގަޑިއަށް ފަރުވާތެރިވުން ފަދަ މަސައްކަތުގެ އަޚުލާޤްގެ އިތުރުން ޑޭޓާ އެއްކުރުމުގެ ހުނަރު އަދި ޑޭޓާގެ މުހިއްމުކަމާއި ބޭނުންކުރާގޮތުގެ މަޢުލޫމާތު ލިބިގެންދާނެއެވެ.

advertisement

އަދި އެ އިދާރާއިން އެދެނީ މިއަހަރު އޯލެވެލް ނިންމާ ދަރިވަރުންވެސް މިމަސައްކަތުގައި ބައިވެރިވުމަށެވެ. އޯލެވެލް ނިންމާ ދަރިވަރުންނަކީ 18 އަހަރު ނުފުރޭ ކުދިން ކަމުގައިވާތީ އެކުދިން މިމަސައްކަތަށް ކުރިމަތިލާއިރު ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް އެޕްލިކޭޝަންއާއިއެކު ހުށަހަޅަން ޖެހޭނެކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއްވައެވެ.

ބޯހިމެނުމަކީ ކޮބާ؟

 • ބޯހިމެނުމަކީ މުޅި އާބާދީގައި ހިމެނޭ އެންމެންގެ މައުލޫމާތު އެއްފަހަރާ ހޯދުން
 • ބޯހިމެނުން ކުރިއަށް ދާނީ މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި އެއްފަހަރާ
 • މިއީ ފީލްޑަށް ނުކުމެ، ގޭބިސީތަކަށް ޒިޔާރަތްކޮށްގެން މައުލޫމާތު އެއްކުރެވޭ ކަމެއް
 • ބޯހިމެނުމުގައި ގުނިގެން ދާނީ ރާއްޖޭގައި ދިރިއުޅޭ އާބާދީ- ދިވެހިން އަދި ބިދޭސީން

ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންއިރަކު ކިހިނެތްތޯ؟

މިފަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިމިވަނީ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން އަދި އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނުގެ ބޯހިމެނުން.

ބޯހިމެނުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ތާރީހްއަކީ 13 – 25 ސެޕްޓެމްބަރ 2022އަށް. 13 އިން 14 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ އަދި މަސައްކަތް ހިންގާ ހުރިހާ ތަންތަނުގެ ލިސްޓިންގ ނެގުން.

އަދި 17 – 25 ސެޕްޓެމްބަރ 2022އަށް ކުރިއަށްދާނީ ވަކިވަކި ގޭބިސީ ތަކަށް ގޮސްގެން ދިރިއުޅޭ ތަންތަނާއިބެހޭ މައުލޫމާތު އަދި ވަކި ވަކި މީހުންގެ މައުލޫމާތު ނެގޭނެ. އަދި ހުރިހާ މަސައްކަތް ހިންގާ ތަންތަނަށް ގޮސްގެން އެތަންތަނުގެ މައުލޫމާތު ނެގޭނެ.

ބޯހިމެނުމަށް އެނިއުމަރޭޓަރުން ހޯދުމަށް މިހާރު ކުރެވޭ މަސައްކަތް އަދި ލިބޭ ތަރުހީބު

1. މިހާރު ކުދިން ހޯދުމަށް އިއުލާންކުރެވިފައިވާނީ 31 މެއި 2022 ޑެޑްލައިން ދީފައި އެހެންނަމަވެސް މާލެއިން އަދިވެސް ބޭނުންވާ ވަރަށް ކުދިން ހަމަނުވާތީ ޑެޑްލައިން 12 ޖޫން 2022އަށް އެކްސްޓެންޑް ކުރުމަށްވަނީ ނިންމިފައި

3. މިފަހަރު އެނިއުމަރޭޓަރ އަދި ޓްރެއިނަރ އަކަށްވުމަށް ފޯމް ހުށައަޅަން ހުޅުވާލެވުނީ އޮންލައިންކޮށް، އެހެން ކަމުން މިފަހަރު އަޅުގަނޑުމެން ބެނަރތަކުގައި ބޭނުންކުރަނީ ކިއު އާރ ކޯޑް އެއް. ކޯޑް ސްކޭން ކޮށްލުމުން އެޕްލިކޭޝަން ލިންކް ލިބިވަޑައިގަންނަވާނެ.

4. މިހާތަނަށް އައި އިރު ވަރަށް ގިނަ ރަށް ރަށުން މިވަނީ އަޅުގަނޑުމެން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ހަމަވެފައި، މިހާރު ބޭނުންވާ ވަރަށް ހަމަ ނުވަނީ މާލެ ސަރަހައްދުން. އަދި ފާހަގަ ކޮށްލަން ބޭނުންވޭ ޓްރެއިނަރުންނަށް ވެސް ވަރަށް ގިނަ ފަރާތްތަކަކުން ކުރިމަތިލާފައިވާކަން، އެހެންކަމުން މިހާރު ޓްރެއިނަރުންނަށް ކުރިމަތިލުމުގެ ފުރުސަތުވާނީ ހުއްޓާލެވިފައި

އެނިއުމަރޭޓަރަކަށް ކުރިމަތުލުމަށް ފޯމްހުށައަޅަންޖެހޭނީ ކިހިނެތް

އެމް.ބީ.އެސް ސޯޝަލް މީޑިއާގައި ދައުރުކުރެވޭ ލިންކް ނުވަތަ ކިއު އާރ ކޯޑް މެދުވެރިކޮށް މިފަހަރު ފޯމް ހުށައެޅޭނެ. އަޅުގަނޑުމެންގެ ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމް އައިޑީ އަކީ statsmaldives އަދި މިހާރު ބޯހިމެނުމަށް ހާއްސަ ކުރެވިފައިވާ ޓްވިޓަރ ހެންޑްލްއަކީ census2022mv . އަޅުގަނޑުމެންގެ ވެބްސައިޓް www.statisticsmaldives.gov.mv އިންވެސް ފޯމްއަށް އެކްސެސް ވެވޭނެ. ފޯމް ފުރިހަމަކޮށްފައި އައި.ޑީ ކާޑް ކޮޕީއެއް އެޓޭޗްކޮށްފައި ސަބްމިޓް ކުރެވޭނެ. 18 އަހަރު ނުފުރޭ ކުއްޖެއްނަމަ ޕޭރެންޓްގެ ކޮންސެންޓް ލެޓަރއެއް އެޓޭޗްކުރަށްވަން ޖެހޭނެ. ފޯމް ސަބްމިޓްކުރުމުން “ޔޯރ ފޯމް ހެޒް ބީން ސަބްމިޓަޑް” އެރީމަ ފޯމް ސަބްމިޓް ކުރެވުނީއެ.

އެނިއުމަރޭޓަރުން އަދި ޓްރެއިނަރުން ބޭނުންވާ އަދަދު

 1. އެނިއުމަރޭޓަރުން: 4،400
 2. ޓްރެއިނަރުން: 100

އެމް.އެން.ޔޫ ފަހިފުރުސަތު

ޖޫން 1ވަނަ ދުވަހު އެމް.އެން.ޔޫއިން ކުރިއަށް ގެންދިޔަ ފަހިފުރުސަތްގައި އެމް.ބީ.އެސްއިން ވަނީ ބައިވެރިވެފައި. މިސްޓޯލްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ ބޯހިމެނުމަށް ބޭނުންވާ އެނިއުމަރޭޓަރުން ހޯދުމުގެ މަސައްކަތް. އިތުރު މައުލޫމާތު ފޯރުކޮށްދީ އަދި ވަގުތުން ފޯމް ފުރުމަށް އަޅުގަނޑުމެންގެ ސްޓާފުން ސްޓޯލްގައި އެހީތެރިވެދިން. މިފެއަރގައި ގިނަ ފަރާތްތަކަކަށް ބޯހިމެނުމާއިބެހޭ މައުލޫމާތު ފޯރިކޮށްދެވުނެވެ.

އެނިއުމަރޭޓަރަކަށް އަދި ޓްރެއިނަރަކަށް ލިބޭ އެލަވަންއަކީ ކޮބައި؟

އެނިއުމަރޭޓަރަކަށް

ފީލްޑް އެލަވަންސް – 500ރ އަދި (7 – 11 ދުވަސް)

ފޯން އެލަވަންސް 10ރ (7 – 11 ދުވަސް)

ޓްރެއިނިންގ އެލަވަންސް 100 ރުފިޔާ ޓްރެއިނިންގއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް (އެއީ 5 ދުވަސް)

ޓްރެއިނަރަކަށް ޓްރެއިނިންގ ނަގައިދޭ ކޮންމެ ދުވަހަކަށް 500ރ

ބޯހިމެނުމުގެ ޓްރޭނިންގ އޮތީ ކޮން އިރަކު؟

 • ޓްރެއިނިނގް އޮފް ޓްރެއިނަރސް – ބެޗް 1: 17 – 21 ޖުލައި އަދި ބެޗް2: 31 ޖުލައި – 4 އޮގަސްޓް
 • މާލެ އެނިއުމަރޭޓަރ ޓްރެއިނިންގ:     
  • ބެޗް1: 14 – 18 އޮގަސްޓް
  • ބެޗް2: 21 – 25 އޮގަސްޓް
  • ބެޗް3: 28 އޮގަސްޓް – 1 ސެޕްޓެމްބަރ
  • ބެޗް4: 4 – 8 ސެޕްޓެމްބަރ
 • އަތޮޅު އެނިއުމަރޭޓަރ ޓްރެއިނިންގ:    
  • ރައުންޑް1: ހއ، ހދ، ށ، ނ އަތޮޅު 31 ޖުލައި – 5 އޮގަސްޓް
  • ރައުންޑް2: ރ، ބ، ޅ، ކ، އއ، އދ އަތޮޅު 7 – 12 އޮގަސްޓް
  • ރައުންޑް3: ވ، މ، ފ، ދ، ތ، ލ، ގއ އަތޮޅު 14 – 19 އޮގަސްޓް
  • ރައުންޑް 4: ގދ، ފުވައްމުލަށް އަދި އައްޑޫ ސިޓީ 21 – 26 އޮގަސްޓް

ޓްރެއިނިންގތައް ކުރިއަށްދާނީ ކިހާ މުއްދަތަކަށް އަދި ކޮން ވަގުތުތަކެއްގައިތޯ؟

މިއީ 5 ދުވަހުގެ ޓްރެއިނިންގއެއް:

ހެނދުނު 9 އިން 3:30އަށް

ހަވީރު 4 އިން ރޭގަނޑު 9:30އަށް

ޓްރޭނިންގ އަށް އެމްބީއެސްއިން ވީއްލަދޭނެތަ؟

ބޮޑަށް ރަނގަޅީ އެމީހަކު އެވެއިލަބަލް ގަޑިއަކަށް ޓްރޭނިންގއަށް ޖޮއިންކުރުން

ބޯހިމެނުން އޮންނަ އިރު މަސައްކަތް ކުރަންޖެހޭނީ ކޮން ވަގުތަކު؟

ކޮންމެ ދުވަހަކު ހެނދުނު 8 އިން ހަވީރު 6 އަށް ( ދޮޅުގަޑިއިރުގެ ބްރޭކްއެއް އަކާއި އެކު)

ބޯހިމެނުމަށް ވީއްލަދޭނެތަ؟

އާނ!  އެންބީއެސްއިން އެއޮފީހަކަށް ސިޓީ ފޮނުވައިގެން ވީއްލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ، އެއީ ސަރުކާރުގެ ހުރިހާ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ވިޔަސް ވީއްލުމުގެ ކަންތައް ހަމަޖައްސައިދެވޭނެ

އެޕްލައިކޮށްފައިހުރި ކުދިންނަށް ފޯމް ލިބުނުކަން ކަށަވަރުވާނީ ކިހިނެތް؟

ޑެޑްލައިން ހަމަވުމުން އެޕްލިކޭޝަން ފޮނުވާފައިވާ ހުރިހާ ޓްރެއިނަރުންނާއި އެނިއުމަރޭޓަރުންނަށް ދީފައިވާ މޮބައިލް ނަންބަރއަށް އެސް.އެމް.އެސްއެއް ކުރެވޭނެ. އެހެންނަމަވެސް ހޮވުނުކަން އަންގާނީ އަދި ތަންކޮޅެއް ފަހުން ސްކްރީންކޮށްފައި. ޓްރެއިނަރުންނަށް މިހާރުވާނީ ފޯމް ލިބުންކަން ކަށަވަރުކޮށްދިނުމަށް އެސް.އެމް.އެސްއެއް ފޮނުވިފައި.

ރިއެކްޝަންސް
3
2
1
0
0
0
0