މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

7 ޖޫން 2022 - 18:45

“ޕަވަރ ޓު ޕާރސުއޭޑް” ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕުރޮގުރާމުގެ ނިންމާލައިފި

“ޕަވަރ ޓު ޕާރސުއޭޑް” ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕުރޮގުރާމުގެ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

“ޕަވަރ ޓު ޕާރސުއޭޑް: ލީޑަރޝިޕް އެންޑް އެޑްވޮކަސީ ޓްރެއިނިނގް ފޯރ ވުމަން ވިތް ޑިސްއެބިލިޓީސް” ޕުރޮގުރާމަކީ ސިޔާސަތުތައް އެކަށައެޅުމުގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ބާރުވެރިކުރުމުގެ ގޮތުން ޔޫއެސް އެއިޑްގެ އެހީތެރިކަމާއެކު ކެއަރ ސޮސައިޓީން ކުރިޔަށްގެންދާ ޕުރޮގުރާމެކެވެ.

advertisement

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ އެވެ.

މި މަޝްރޫޢުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 44.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ

މިދިޔަ މަހު އާސަންދައިން 165 މިލިއަން ރުފިޔާ ހަރަދުކޮށްފި

އޭޕްރީލް 2022 ގައި އާސަންދަ ސްކީމްގެ ދަށުން އިންޕޭޝަންޓް، އައުޓްޕޭޝަންޓް އަދި އެހެނިހެން ޚިދުމަތްތަކަށް ކުރެވިފައިވާ ހަރަދުގެ ތެރޭގައި 165،850،124 ރުފިޔާ ހިމެނޭކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

“އެސްޓްރަބޮން އެކްސްޕޯ” ރައީސް ފަށްޓަވައިދެއްވައިފި

ރިސޯޓް ސަޕްލައި އިންޑަސްޓްރީއަށް އަމާޒުކޮށްގެން ބާއްވާ އެސްޓްރަބޮން އެކްސްޕޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

ކޯވިޑުގެ ސަބަބުން އާމްދަނީއަށް އަސަރުކުރި މީހުންނަށް އައިސީޓީ ތަމްރީންތަކެއް

“ކޯވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް”ގެ ދަށުން ކޯސްތައް ހިންގުމަށް އިކޮނޮމިކް މިނިސްޓްރީން 5 ފަރާތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0