ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކާއިއެކު އެސްޓްރަބޮން އެކްސްޕޯ ފަށައިފި

8 ޖޫން 2022 - 15:08

ރިސޯޓް ސަޕްލައި އިންޑަސްޓްރީއަށް އަމާޒުކޮށްގެން ބާއްވާ “އެސްޓްރަބޮން އެކްސްޕޯ” ފަށައިފިއެވެ. މި އެކްސްޕޯ ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ. މި އެކްސްޕޯ ފަށާފައިވަނީ އިއްޔެވެ.

އެސްޓްރަބޮން އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 7އިން 9އަށް މެންހަޓަން ބިޒްނަސް ހޮޓެލްގެ ފުރަތަމަ ފަންގިފިލާގައެވެ. މި އެކްސްޕޯއަކީ އެސްޓްރަބޮން ކުންފުނިން އެފް އެންޑް ބީ ދާއިރާއާއި ރިސޯޓް ސަޕްލައި ދާއިރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މި އެކްސްޕޯއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެސްޓްރަބޮންގެ ސީއީއޯ ޔޫސުފް ރިއްފަތު ވިދާޅުވީ، މި އެކްސްޕޯގައި ދައްކާލަނީ އެސްޓްރަބޮންއިން ރާއްޖެއަށް ސަޕްލައިކުރާ އެކިއެކު ކުންފުނިތަކުގެ އުފެއްދުންތަކެވެ. އޭގެތެރޭގައި ޖަރުމަނުވިލާތް، ސްޕެއިން އަދި އިޓަލީވިލާތުގެ ކުންފުނިތައް ހިމެނެއެވެ. އެސްޓްރަބޮންގެ މަޤްސަދަކީ ރާއްޖޭގައި ލަގްޒަރީ ރިސޯޓްތައް ހުރިއިރު އެ ރިސޯޓްތަކަށް ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތައް ސަޕްލައިކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ.

advertisement

އެސްޓްރަބޮންއާ ގުޅުން ހުރި 8 ސަޕްލަޔަރެއްގެ ޕްރޮޑަކްޓް މި އެކްސްޕޯގެ ތެރެއިން ވަނީ ދައްކާލާފައެވެ. އެސްޓްރަބޮންއިން ބުނީ މި އެކްސްޕޯއަކީ މިހާރު ފުޅާވަމުން އަންނަ ރިސޯޓް ސަޕްލައިއާއި އެފް އެންޑްބީ ދައިރާގެ ސާމާނުތަކަށް ޚާއްސަ އެކްސްޕޯއެއް ކަމަށެވެ. އަދި މިއީ މިބާވަތުގެ އެންމެބޮޑު އެކްސްޕޯއަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އެސްޓްރަބޮން ކުންފުނިން ބުނެއެވެ.

މިއެކްސްޕޯގައި ބަދިގެ ސާމާނާއި، އެފްއެންބީ އެކްސެސަރީސްގެ އިތުރުން، ލޯންޑްރީއާއި ހިފާ ގެންގުޅޭ ބައެއް ސާމާނު ވަނީ ޝޯކޭސްކޮށްފައެވެ. އެކްސްޕޯ ކުރިއަށް ދާނީ އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 10:00އިން 5:00އަށެވެ. އަދި އެކްސްޕޯގެ ފަހު ދުވަސް ކަމަށްވާ ޖޫން 9 ވާ ބުރާސްފަތި ދުވަހު ކުރިއަށް ދާނީ 10:00އިން ހަވީރު 3:00އަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0