މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

11 ޖޫން 2022 - 18:28

އޮންލައިންކޮށް ހައި ސްޕީޑް ފެރީގެ ޓިކެޓު ނެގޭނެ

ހައި ސްޕީޑް ފެރީގެ ޓިކެޓް ބުކްކުރުމަށް ޕޯޓަލްއަކާއި މޮބައިލް އެޕްލިކޭޝަނެއް ޕްލޭނިނގ މިނިސްޓްރީން ތައާރަފްކޮށްފި އެވެ.

advertisement

ގްލޯބަލް ޓުއަރިޒަމް ސަމިޓަށް ފަތުރުވެރިކަމުގެ ސިނާއަތުގެ މާހިރު ޖަފަރު ރާއްޖެއަށް

ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަންގެ ގްލޯބަލް ޓޫރިޒަމް ސަމިޓަށް ފަތުރުވެރިކަމުގެ ސިނާއަތުގެ މާހިރު ޕްރޮފެސަރު ޖަފަރު ޖަފާރީ ރާއްޖެ ވަޑައިގެންފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.


މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ހުޅުމީދޫގައި ސޯލާރ ޕީވީ ހަރުކުރާ ސަރަހައްދު މިނިސްޓަރ ބައްލަވާލައިފި

އެސްޕަޔަރ މަޝްރޫއުގެ ދަށުން ހުޅުމީދޫގައި ސޯލާރ ޕީވީ ހަރުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ބައްލަވާލެއްވުމަށް މިނިސްޓަރ ޝައުނާ ޒިޔާރަތްކުރައްވައިފި އެވެ. މީގެ އިތުރުން ހުޅުމީދޫ މެދު ބަނދަރުގައި ފްލޯޓިންގ ސޯލާރ ހަރުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށްވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ

ރާއްޖެ ފަދަ ބިންތިރި، ޖަޒީރާ ޤައުމަކަށް ކްލައިމެޓް ސެކިއުރިޓީއަކީ ވަރަށް ޚާއްޞަ މައުޟޫޢެއް – މިނިސްޓަރ

ކްލައިމެޓް ސެކިއުރިޓީ އަކީ ރާއްޖެ ފަދަ ބިންތިރި، ޖަޒީރާ ޤައުމަކަށް ވަރަށް ޙައްސާސް މައުޟޫޢެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިޔާ ސެކިއުރިޓީ ސަމިޓް – “އައި.އައި.އެސް.އެސް ޝަންގްރީލާ ޑަޔަލޮގް”ގެ “ސްޕެޝަލް ސެޝަން އޮން ކްލައިމެޓް ސެކިއުރިޓީ އެންޑް ގްރީން ޑިފެންސް” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0