ދައުލަތުގެ އިދާރާތަކުން މީޑީއާތަކުގެ މެދުގައި ތަފާތުކުރުން

12 ޖޫން 2022 - 10:24

ދައުލަތުގެ ބައެއް މުއައްސަސާތަކުން މީޑިއާތަކުގެ މެދުގައި ތަފާތުކުރާ ވާހަކަ އަނެއްކާވެސް އެކި ނޫސްވެރިން ދައްކަން ފަށައިފިއެވެ. ނަން ހާމަ ކުރަން ބޭނުންނުވާ ނޫސްވެރިއަކު އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުނެފައިވަނީ މީޑިއާތަކަށް މައުލޫމާތު ހިއްސާކުރުމަށް ޕޮލިސް އިން ވަޓްސްއަޕް ގްރޫޕެއް ހަދާފައިވީ ނަމަވެސް އޭނާ ބުނީ ގްރޫޕްގައި ޖަވާބުދެމުން، މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށް ޕޮލިސް މީޑިއާ އޮފިޝަލް އަންގާ ކަމަށާއި ނަމަވެސް ވަކި ވަކި ނޫސްތަކަށް ޕްރައިވެޓް މެސެޖުކޮށް މައުލޫމާތު ހިއްސާކުރާކަމަށެވެ.

“މިގޮތަށް ފޭވަރިޓިޒަމް ގެންގުޅުމަކީ މީޑިއާތަކާއި މެދު ކުރާ ވަރަށް ބޮޑު ބޭއިންސާފެއް. ހުރިހާ މީޑިއާތަކާ މެދު އެއްގޮތަކަށް ހަމަހަމަކޮށް އަމަލު ނުކުރެވޭ ނަމަ އެއީ މީޑިއާ ކައުންސިލުންވެސް ސީރިއަސްކޮށް ބަލަން ޖެހޭ ކަމެއް” ނޫސްވެރިޔާ އިތުރަށް ބުނީ ދައުލަތުގެ އެހެން މުވައްސަސާތަކުންވެސް މިގޮތަށް އަމަލުކުރާ ކަމަށެވެ.

advertisement

އެގޮތުން ނޫސް ކޮންފަރެންސްތަކަށް ވެސް ބައެއް މީޑިއާތަކަށް ދައުވަތު ނުދޭ ކަމަށާއި، މައުލޫމާތު ހިއްސާކުރާ އިރުވެސް އެ އިދާރާތަކާއި ގާތް ގުޅުން އޮންނަ ނޫސްތަކަށް އެންމެ ފުރަތަމަ މައުލޫމާތު ހިއްސާކުރާކަމަށެވެ.

ނިއުސް މީޑިއާ ތަކަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރެވެ. ރައްޔިތުންނަށް މައުލޫމާތާއި ހަބަރު ފޯރުކޮށްދޭ ފަރާތަކީ މީޑިއާކަމަށް ވީ ހިނދު، ދައުލަތުގެ އިދާރާތަކުން މީޑިއާތަކުގެ މެދުގައި މިގޮތަށް ތަފާތުކުރުމަކީ ޑިމޮކްރަސީގެ ރޫހާއި ހިލާފުކަމެއްކަމަށް ނޫސްވެރިން ދެކެއެވެ.

ރިއެކްޝަންސް
0
0
1
0
0
0
0