ހަކުރު ބަލީގެ ޓައިޕް 2 އަށް އަލަަށް ޑައިގްނޯސް ވާ މީހުންނަށް ކޮންމެހެން އެނގުން މުހިއްމު ކަންކަން

14 ޖޫން 2022 - 17:24

ހަކުރު ބައްޔަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ބޮޑަށް ގުޅުންހުރި ކަމަކަށް ވުމުން ކޮންމެ މީހަކު ވެސް އަހަރަކު އެއް ފަހަރު ހަކުރު ބައްޔަށް ޓެސްޓުކުރުން ވަރަށް މުހިއްމެވެ. އާއިލާގައި ހަކުރު ބަލީގެ މީހަކު ހުރެއްޖެ ނަމަ އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.

ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އާއިލާގައި ހަކުރު ބަލީގެ މީހަކު ހުރުން ހިމެނެ އެވެ. ލޭގެ ޕްރެޝާ ނުވަތަ ލޭގައި ސަރުބީ މައްޗަށް ދިއުމާއި ހަށިގަނޑަށް ލިބެންވާ ކަސްރަތު ގަވައިދުން ލިބެމުން ނުދިއުމަކީ ވެސް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމެކެވެ. ހަކުރު ބަލީގެ ތަފާތު އެކި ވައްތަރު ހުރެއެވެ. އޭގެތެރޭގައި ޓައިޕް2 ހަކުރު ބައްޔަކީވެސް އާންމު ވައްތަރެކެވެ.

advertisement

ޓައިޕް 2 ހަކުރު ބައްޔަކީ ކޮބާ؟

މި ވައްތަރުގެ ހަކުރު ބަލީގެ މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދަމުންދިޔަ ކަމުގައި ވިޔަސް އޭގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރެ އެވެ. ބައެއް މީހުންގެ ގައިގައި ބޭނުންވާ ވަރަށް އިންސިއުލިން އުފައްދައެއް ނުދެ އެވެ. އެ ބާވަތުގެ ހަކުރު ބަލީގައި ގުޅަބޭސް ބޭނުންކުރެ އެވެ. ބައެއް ހާލަތްތަކުގައި އިންސިއުލިން ފަރުވާއެއްގެ ގޮތުގައި ބޭނުންކުރަންޖެހެ އެވެ.

ރާއްޖޭގައި ހަކުރު ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. އެއާއެކު، ސިއްހީ އެހެން މައްސަލަތަކަށް ނުރައްކާ އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ކިޑްނީގެ ބަލިތަކާއި ސްޓްރޯކާއި ހާޓްއެޓޭކް ޖެހުން ފަދަ ކަންތައްތައް ހިމެނެ އެވެ. ހަކުރު ބައްޔާއި އެ ބަލީގެ ސަބަބުން ކުރިމަތިވާ އެހެން ގޮންޖެހުންތަކުން ރައްކާތެރިވުމަށް، 40 އަހަރުވުމަށް ފަހު ހެލްތު ސްކްރީނިން ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ހަކުރު ބަލި ކޮންޓްރޯލް ނުވެއްޖެނަމަ ކުރިމަތިވެދާނެ މައްސަލަތައް

– ލޮލުގެ ފެނުމަށް ބަދަލު އައުން

– ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ހިނގުމުގައި ދަތިވެ، ބައެއް ހާލަތްތަކުގައި އަތް ނޫނީ ފައި ބުރިކޮށްލަން ޖެހުން

– ސިކުނޑީގެ ބަލިތައް ޖެހުން

– ކިޑްނީގެ ބަލިތައް ޖެހުން

ހަކުރު ބަލި ހުރިކަމަށް ޝައްކުކުރެވޭ ނިޝާންތައް

– އަވަސް އަވަހަށް ކުޑަކަމުންދާން ޖެހުން

– އާދަޔާ ހިލާފަށް ވަރުބަލިވުން

– އަތްފައި އައްސިވުން

– ކުޑަކަމުދާ ނިޒާމާ، ހިރުގަނޑު އަދި ހަމުގެ ބަލިތައް ޖެހުން އަވަސްވުން

ބައެއް ފަހަރު ހަކުރު ބަލީގެ އެއްވެސް އަލާމާތެއް ނެތި ވެސް ހަކުރު ބަލީގެ މީހުން އުޅެ އެވެ.

ބައްޔަށް އޮތް ފަރުވާ

– ހަކުރު އަޅައިގެން ކާބޯތަކެތި ބޭނުން ނުކުރުން

– ދުވާލަކު ގާތްގަނޑަކަށް 30 މިނެޓު ވަންދެން އަދި ހަފުތާއަކު މަދުވެގެން ފަސް ދުވަހު ކަސްރަތުކުރުން

– ކެއުމުގައި ކާބޯހައިޑްރޭޓްސް (ހަނޑޫ، ފުށް، ފަލަމަޑީގެ ބާވަތްތައް) މަދުން ބޭނުންކުރުން

ރިއެކްޝަންސް
0
0
0
12
0
1
0