ތާރީހުގެ ތެރެއިން: ޑރ. މުޙަންމަދު ވަޙީދު ރައީސް ކަމަށް ހުވާ ކުރެއްވުން

14 ޖޫން 2022 - 18:19

ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވީ 2012 ވަނަ ފެބުރުއަރީ މަހުގައެވެ.

ހުވާކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

advertisement
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިނެވެ.

ފޮޓޯ: ރައީސް އޮފީސް

ހުވާކުރެއްވުމަށްފަހު، ޤާނޫނީ ހުވާގެ ލިޔުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ސޮއިކުރެއްވިއެވެ. އަދި މި ލިޔުމުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ސޮއިކުރެއްވިއެވެ.
 

ރިއެކްޝަންސް
0
0
0
0
0
0
0