ވިޓަމިން ޑީ މަދީތަ؟ މިތަކެތި ބޭނުންކުރެވިދާނެ!

19 ޖޫން 2022 - 14:53

ކެއުމުގައި ބައެއް ބާވަތްތައް ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ވިޓަމިން ޑީ އަކީވެސް ކެއުމުގައި ހިމެނުން ވަރަށް މުހިންމު ސިއްހަތައް ފައިދާހުރި ބާވަތެކެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ވިޓަމިންގެ މާއްދާތައް ލިބޭ ކެއުންތަކަށް ފަރުވާތެރިވާން ޖެހެ އެވެ. ވިޓަމިން ޑީ ދަށްވެއްޖެ ނަމަ ހަށިގަނޑުތައް ކަށިތައް ބަލިކަށިވެ، ދިފާއީބާރު ވެސް ދަށްވާނެ އެވެ.

އެހެންވެ ކެއުމުގެ ވައްޓަފާޅި ބަހައްޓަން ކުރަން ޖެހެނީ މިފަދަ ކަންކަމަށް ވިސްނައިގެންނެވެ. ވިޓަމިން ޑީ އަކީ ފަސޭހައިން ހަށިގަނޑަށް ހޯދިދާނެ މާއްދާއެކެވެ.

advertisement

ވިޓަމިން ޑީ ލިއްބައިދޭނެ އެއް ބާވަތަކީ ކިރެވެ. ހެނދުނުގެ ނާސްތާ އަށް ނުވަތަ ރޭގަނޑު ނިދުމުގެ ކުރިން ހޫނު ކިރު ތައްޓެއް ބޯލުމަކީ ވަރަށް ފައިދާ ހުރި ކަމަކަށް ވާނެ އެވެ. މީގެ ސަބަބުން ދިފާއީ ނިޒާމު ވެސް ވަރުގަދަކޮށްދީ ގިނަ ބަލިތަކުން ރައްކާތެރިކޮށް ދޭނެ އެވެ. ފަސޭހަ އިން ނިދުމަށްޓަކައި ރޭގަނޑު ނިދުމުގެ ކުރިން ހޫނު ކިރު ތައްޓެއް ބޯލުމުގެ ވާހަކަ އަކީ ސިއްހީ މާހިރުން ދެއްވާ އިރުޝާދެކެވެ.

ވިޓަމިން ޑީ ހޯދުމަށް ބިހުގެ ގޮބޮޅިވެސް މުހިންމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ދުވަހުގެ ކެއުމުގެ ކޮންމެވެސް ވަގުތެއްގައި ބިސް ބޭނުންކުރުމަކީ ކުރެވިދާނެކަމެކެވެ.

ޔޯގަޓަކީވެސް ވިޓަމިން ޑީ ލިއްބައިދޭނެ ބާވަތެކެވެ. ޔޯގަޓުން ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކުގެ އިތުރުން ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ކަށިތައް ވެސް ވަރުގަދަކޮށްދެއެވެ.

ވިޓަމިން ޑީ މަދުވާ ނަމަ ދެން ބޭނުންކުރެވިދާނެ އަނެއް ބާވަތަކީ އޯޓްސްއެވެ. ހެނދުނުގެ ނާސްތާއަކަށް ކިރާ އެކު އޯޓްސް ބޭނުންކުރުމުން ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީގެ މާއްދާ ލިބޭނެއެވެ. ވިޓަމިން ޑީ ހޯދަން ބޭނުން ކުރެވިދާނެ އަނެއް ބާވަތަކީ މަޝްރޫމެވެ. ޕާސްޓާ އާއި ސެލެޑާއި އެ ނޫން ވެސް ކާނާގެ ބާވަތްތައް ތައްޔާރުކުރާ އިރު މަޝްރޫމް ބޭނުންކުރުމުން އެތައް ފައިދާއެއް ލިބޭނެ އެވެ.

ކެއުމުގައި މިތަކެތި ބޭނުންކުރަން އުނދަގޫނަމަ އެހެން ގޮތަކަށްވެސް ވިޓަމިންޑީ ބޭނުންކުރެވިދާނެއެވެ. އެގޮތުން އިރުއަރައިގެން އަންނަ ވަގުތުގައި އަތްވަތް ނިކުތުމަކީ ވިޓަމިން ޑީ ހަށިގަނޑަށް ލިއްބައިދޭނެކަމެކެވެ.

ވިޓަމިން ޑީން ލިއްބައިދޭ މުހިއްމު އިތުރު ފައިދާތަކުގެ ތެރޭގައި ކެންސަރުގެ ބިރު ކުޑަކޮށް ދިނުމާއި ޑިޕްރެޝަނާއި އެންޒައިޓީން ދުރުކޮށް ދިނުމާއި ބަރުދަން ލުއިވާން ވެސް އެހީއަކަށްވުން ހިމެނެ އެވެ.

ރިއެކްޝަންސް
19
14
3
0
2
0
0