ޓެކްނޮލޮޖީ ދާއިރާއިން އަންހެނުން ކުރިއަށް ގެންދިޔުމަށް ޕްރޮގްރާމެއް!

19 ޖޫން 2022 - 15:50

ވިމެން އިން ޓެކް މޯލްޑިވްސް އިން “ވިމެންޓަރސް” ޕްލެޓްފޯރމް ތަޢާރަފް ކޮށްފިއެވެ. މިޕްލެޓްފޯމަކީ ޓެކްނޮލޮޖީގެ ދާއިރާއިން  ކުރިޔަށްދިޔުމުގެ އެކި  ފުރުސަތުތަކާއި ހުނަރު ހޯދުމަށާއި މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅުވާލައިދޭނެ ޕްލެޓްފޯރމްއެކެވެ.

މީގެ އިތުރުން  މިޕްލެޓްފޯމުގައި ވަޒީފާތަކުގައި ކުރިއަރަން ބޭނުންވާ މުވައްޒަފުންނާއި އަދި އަލަށް ވަޒީފާއަށް ނިކުންނަން ބޭނުންވާ ކުދިންނަށް ދާއިރާއާއި ގުޅުން ހުރި އިރުޝާދުތަކާއި، އެ ފަރާތްތަކުގެ އަމިއްލަ ތަޖްރިބާ އަދި ޢިލްމު ޙިއްސާ ކުރެވޭނެއެވެ.

advertisement

މި ޕްލެޓްފޯރމްގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި  ދާއިރާގެ މަސައްކަތްކުރާ ފަރާތްތަކުގެ އިރުޝާދު ލިބިގަނެވޭނެ ފުރުސަތުފަހިކޮށްދިނުމާއި، މެންޓަރސްގެ ގޮތުގައި ދާއިރާގައި ހަރަކާތްތެރިވާ  މީހުން ފީޗަރކުރުމާއި، އަދި އެއް ތަނަކުން ދާއިރާއާއި ގުޅުން ހުރި އެކިއެކި ފުރުސަތުތައް އާއްމު ފަރާތްތަކަށް ފެންނާނެ ގޮތް ހެދުން ހިމެނެއެވެ.

މި ޕްލެޓްފޯރމު ތައާރަފު ކުރިއިރު ޓެކްނޮލޮޖީދާއިރާގެ ވަޒީފާއަކަށް ދާއިރު ޓެކްނިކަލް އިންޓަރވިއުއަކަށް ތައްޔާރު ވާނެ ގޮތުގެ ޕްރޮގްރާމެއްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ވިމެންޓަރސް އަކީ ވިމެން އިން ޓެކް މޯލްޑިވްސްގެ ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ އައު ޖީލެއް ބިނާކުރުމުގެ ހިޔާލު އައިސް، 2020 ވަނަ އަހަރުގައި ޔުނިސެފް ސައުތު އޭޝިޔާ  އިން އިންޓަރނޭޝަލް ޑޭ އޮފް ދަ ގާލް ޗައިޑް އާއި ގުޅިގެން ސައުތު އޭޝިއާ އަށް ޙާއްސަކޮށްގެން ބޭއްވުނު ޗެލެންޖަށް ހުށަހެޅުނު ޙިޔާލެއްގެ މައްޗަށް އުފެއްދުނު ޕްލެޓްފޯމެކެވެ. މި ޗެލެންޖްގައި ވިމެންޓަރސް ޕްލެޓްފޯރމްގެ ޕްރޮޕޯސަލް އަށް ވަނީ 02 ވަނަ ލިބިފައެވެ. ވިމެންޓަރސް ޕްލެޓްފޯރމު އުފެއްދުމަށް ޔުނިސެފްގެ ސައުތު އެޝިޔާގެ ރީޖަނަލް އޮފީހުންނާއި ޔުނިސެފް މޯލްޑިވްސްގެ ފަރާތުން ލިބުނު އެހީ އަށް ވިމެން އިން ޓެކް މޯލްޑިވްސް އިން ޝުކުރު އަދާކުރިއެވެ.

ވިމެންޓަރސް ވުޖޫދަށް އައީ އަންހެނުންނައި އަންހެންކުދިންނަށް ހާއްސަ ކޮށްގެން ނަމަވެސް، މުޖުތަމައުއަށް އެހީތެރިވުމުގެ ގޮތުން ދެ ޖިންސަށް ވެސް މި ޕްލެޓްފޯރމްގެ ތެރެއިން، ވަޒިފާތަކަށް ޙާއްސަވާ އެކިއެކި ހުނަރުތައް، ވަޒީފާ އަށް އަލަން ނިކުންނަ އިރު ބޭނުންވާ އެކިއެކި ހުނަރުތައް، ޓެކްނޮލޮޖީދާއިރާގައި  ހަރަކާތްތެރިވާ ފަރާތްތަކުން ދަސްކޮށްދިނުމާއި ގައިޑެންސް ދިނުމާއި އިލްމާއި އަދި ތަޖުރިބާ ޙިއްސާކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މުސްތަގުބަލުގައި މި ޕްލެޓްފޯރމު ފުޅާކޮށް ސައިންސް އިންޖިނިއަރިންގް އަދި މެތަމެޓިކްސްގެ ދާއިރާއިންވެސް ފުރުސަތު ހުޅުވާލާނެ ކަމަށް ވިމެންއިން ޓެކް މޯލްޑިވްސް އިން ހާމަކުރެވެ.

ވިމެން އިން ޓެކް މޯލްޑިވްސްއަކީ، ސައިންސް އަދި ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުމަށާއި މިދާއިރާގައި އަންހެން ކުދިން މަސައްކަތް ކުރުމަށް ބާރުއެޅުމަށާއި އަދި މިދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުންގެ މަސައްކަތްތައް އާންމުކޮށް އެފަދަ އަންހެނުންގެ ހިއްސާ ފާހަގަކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.

މި ޖަމްޢިއްޔާގެ އެންމެ މުހިއްމު ބޭނުމަކީ މިދާއިރާއިން ލިބެން ހުރި ފުރުސަތުތައް ހާމަކޮށް އަދި މިދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ. އަދި މީގެ ސަބަބުން އަންހެނުން ކުރިއަރާ އަދި މުޖުތަމަޢަށް ފައިދާ ހުރި ކަންތައްތަކެއް ކޮށްދިނުމެވެ

ވިމެންޓަރސް ޕްލެޓްފޯރމގެ ލިންކް: https://womentors.mv

ރިއެކްޝަންސް
0
0
0
0
0
0
0