ކުދިންގެ މި އަހުލާގީ މައްސަލަތައް ބެލެނިވެރިންނަށް އަޅާ ނުލާ ދޫކޮށެއްނުލެވޭނެ

21 ޖޫން 2022 - 17:35

ކުދިންގެ އުޅުމަށް އަންނަ ނޭދެވޭ ބަދަލުތަކަކީ ފުރަތަމަ ކޮޅުގައި މާބޮޑު ކަމެއްހެން ހީނުވިއަސް އެކުދިންގެ މިޒާޖުގައި އަށަގެންފައިވާ އާދައަކަށް ވުމުން ހުއްޓުވަން އުނދަގޫވާނެ ކަންކަމެވެ. ފަހުން ކުރިމަތިވާނެ މައްސަލަތަކާއި ކުރިމަތިލުމަށް ވަގުތު ދޭންޖެހި ބެލެނިވެރިންގެ ސިކުނޑިއަށް ބާރުކުރުމުގެ ކުރިން ކުދިންގެ އުޅުމަށް އަންނަ ނޭދެވޭ ބަދަލުތައް ދެނެގަނެ މިކަންކަން ރަނގަޅުގޮތުގައި ހުއްޓުވަން ޖެހެއެވެ. މިލިޔުމުގައި މިބަލާލަނީ ބަލާބެލުމަށް އާދައިގެ ކަމެއްހެން ހީވިއަސް ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކުގެ ތެރެއިން ދުރާލައި ހަރުދަނާ ފިޔަވަޅު އަޅަންޖެހޭ 5 ކަމަކަށެވެ.

އިންޓަރަޕްޓްކުރުން

ކަމަކާއި މަޝްއޫލުވެގެން ހުންނަ ވަގުތު ތަކުގައި ކުދިން ކެތްމަދުވެ އަޑުގަދަ ކުރުމާއި އެކަމެއް މެދުކަނޑާލަން ޖެހޭފަދަ ކުދިކުދި ގޯނާ ކުރާކަމަށް ވާނަމަ އެފަދަ ޢަމަލުތައް ހިންގާ ކުދިންނާއި މެދު އިތުރަށް ސަމާލުވާން ޖެހެއެވެ. ވަރަށް ގިނަ ފަހަރު ކުއްޖާގެ ސީދާ ސުވާލެއް ނާންނަންޏާ އެކުދިންގެ އިންޓަރަޕްޝަންސް ތަކަށް ސަމާލުކަން ނުދީ ދޫކޮށްލެވޭތަން އާދެއެވެ. އެއީ ފަސޭހަ ގޮތްވެސްމެއެވެ. އެކަމަކު އެހެން ކަންކުރުމުން ދިގުމުއްދަތުގައި އޭގެ ނުރަނގަޅު އަސަރު ކުއްޖާއަށް ކުރާނެއެވެ. މިފަދަ ސިފަތައް ފެންނަންފަށާ ޢުމުރުގައި ކުއްޖާ ދާނީ ކެތްތެރިކަމާއި އިޙްތިރާމާއި އެކު ކަންކަން ކުރުމަށް ދަސްކުރަމުންނެވެ. ބެލެނިވެރިން ސަމާލުކަން ދޭންވީ ކުދިންގެ މިބާވަތުގެ އިންޓަރަޕްޝަންސްތަކަށް ވަގުތު ދިނުމަށެވެ. އޭގެ ބޭނުމަކީ ކެތްތެރިކަމާއި އެކު ބޭނުންވާ ކަންކަން ހޯދުމަށް ދަސްކޮށް ދިނުމާއިއެކު އެހެން މީހުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރަން ތަރުބިއްޔަތު ކުރުމެވެ.

advertisement

ކެތްތެރިކަން ކުޑަވުން

ކުއްޖާގެ ޢާންމު އުޅުމުގައި މާބޮޑަށް ކެތްތެރިކަން ކުޑަވެގެން އުޅޭކަމަށް ފާހަގަކުރެވޭނީ ކިހިނެއްތޯއެވެ؟ ކެތްތެރިކަން ކުޑަވުމުން ކުއްޖާގެ އަތުގައި ހުންނަ އެއްޗެހި ޝެއާނުކޮށް ކުއްޖާގެ ‘ގްރެބިނެސް’ ބޮޑުވާނެއެވެ. މީގެ އިތުރުން ކަންކަން މެދުކަނޑާލައި ބެނުންވާ އެއްޗެއް ނުލިބުމުން ބޮޑާހާކައި އަޑުގަދަކޮށްގެން ބޭނުންވާ އެއްޗެހި ވަގުތުން ހޯދުމަށް ޑިމާންޑް ކުރާނެއެވެ.  ކެތްތެރުކަން ކުޑަވުމުގެ ސަބަބުން ކުއްޖާގެ އިމްޕަލްސިވްނެސް އިތުރުވާނެއެވެ. ކުއްޖާގެ އިމްޕަލްސިވްނެސް އިތުރުވާނަމަ އިޖްތިމާޢީ މައްސަލަތަކާއި ނަފްސު ކޮންޓްރޯލް ކުރުމަށް ކުއްޖާއަށް އުނދަގޫވާނެއެވެ. ބެލެނިވެރިންގެ ޒިންމާއަކީ ދަރިން އެޑިއުކޭޓްކުރުމެވެ. ‘ޕޭޝަންސް ސްޓްރެޗިން’ އުކުޅުތައް ބޭނުންކޮށްގެން ކެތްތެރިކަން ކުޑަކަމަށް ފެންނަ ކުދިން ޓްރެއިން ކުރުމުން ކާމިޔާބުވެއެވެ. ‘ޕޭޝަންސް ސްޓްރެޗިންގައި’ ކުދިން އެބޭނުންވާ ކޮންމެ ކަމެއް ހުދޫދެއްގެ ތެރެއިން އެކުދިންނަށް ކޮށްދެވެއެވެ.

ރިއެކްޝަންސް
7
1
0
0
3
0
0