ކޮންމެ މީހަކަށްވެސް އަމިއްލަ ނަފްސަށް އަޅާލާ ދުވަހެއް މުހިންމު

25 ޖޫން 2022 - 10:07

ދިރިއުޅުމަކީ ވަރަށް ދަތި އުނދަގޫކަމާއި ކުރިމަތިލާންޖެހޭ ކަމެކެވެ. ކޮންމެ މީހަކުވެސް ދިރިއުޅުމުގައި ތަހައްމަލްކުރަންޖެހޭ އުނދަގޫތައް އެހެން މީހުންނާއި އަޅާބަލާއިރު ތަފާތެވެ. ކޮންމެ 2 މީހަކަށް ދިރިއުޅުމުަގައި އެއްގޮތް އުނދަގޫތަކެއް ދިމައެއް ނުވާނެއެވެ. އަދި އެއްގޮތް ކަންތައްތަކެއް ދިމާވި ނަމަވެސް އެކަމުގައި ހޭދަކުރަންޖެހޭ ދުވަސްތައް އިތުރުވެެދާނެއެވެ. ކޮންމެ ދުވަހަކު ދިރިއުޅުމުގައި ދިމާވާ ދަތިތަކަށް ކުރިމަރިލުމަށް ވަރަށް ހިތްވަރު ބޭނުންވެއެވެ.

ދިރިއުޅުން އުފާވެރިކޮށް އުޖާލާކުރުމަށް ކޮންމެ މީހަކަށްވެސް އަމިއްލަ ނަފްސަށް އަޅާލާ ދުވަހެއް ބޭނުންވެއެވެ. މިއީ އަމިއްލަ ނަފްސަށް އަޅާލާ، އަރާމުކޮށްލާ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ވަރަށް މުހިންމު ދުވަހެކެވެ.

advertisement

އަމިއްލަ ނަފްސަށް އަޅާލުމަކީ ކޮބާ؟

އަމިއްލަ ނަފްސަށް އަޅާލުމަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅާހެޔޮކަން ރަނގަޅުކުރުމަށް އޭނާ އަމިއްލައަށް ކުރާ ކަންތައްތަކެވެ. މީގެތެރޭގައި އޭނާގެ ހޮބީއެއް، ނުވަތަ ކުޅޭހިތްވާ ކުޅިވަރެއް ނޫނީ ހާސިލްކުރަން ބޭނުންވާ ކަމެއް ކުރެވިދާނެއެވެ. މިއީ އެކި މީހުންނަށް ތަފާތުވާނެ ކަންކަމެވެ. އެކަކަށް އުފާވެރިކަން ލިބޭ ކަމަކީ އަނެކަމަށް ހާސްވެ ކަންބޮޑުވާކަމަކަށްވެސް ވެދާނެއެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 24 ވަނަ ދުވަސް ފާހަގަކުރަނީ އަމިއްލަ ނަފްސަށް އަޅާލާ ދުވަސް ނުވަތަ “ސެލްފް ކެއަރ ޑޭ” ގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އަމިއްލަ ނަފްސަށް އަޅާލާ ތިމާގެ ވެލްބީންއަށް މަސައްކަތް ކުރުމެވެ.

އަމިއްލަ ނަފްސަށް އަޅާލުމުގެ މުހިންމުކަން:

އަމިއްލަ ނަފްސަށް އަޅާލުމަކީ ހުރިހައި ގޮތަކުންވެސް އަމިއްލަ މީހާގެ ދުޅަހެޔޮކަމަށް ވިސްނާ ކަންކަން ކުރުމެވެ. މީގެތެރޭގައި ނަފްސާނީ، ޖިސްމާނީ އަދި އެމޯޝަނަލީވެސް މީހާއަށް ފައިދާވުން ހިމެނެއެވެ. އަމިއްލަ ނަފްސަށް އަޅާލުމުގެ ފައިދާތަކުގެ ތެރޭގައި:

އުފާވެރިކަން އިތުރުވުން:

ދުޅަހެޔޮ މީހުންނަކީ އެންމެ އުފާވެރި މީހުންނެވެ. އެހެންކަމުން އަމިއްލަ ނަފްސަށް އަޅާލުމުގެ ސަބަބުން މީހާއަށް އުފާވެރިކަން ލިބިގެންދެއެވެ.

ސްޓްރެސް ކުޑަވުން:

އަމިއްލަ ނަފްސަށް އަޅާލުމަށް ކުރާ ކަންތައްތަކަކީ ތިމާއަށް ފައިދާހުރި ރޫޓިންއެއްނަމަ ތިމާގެ ސްޓްރެސް ކުޑަވާނެއެވެ. އެއީ އަދި ދިރިއުޅުން ކިތަންމެ އުނދަގޫވީނަމަވެސް އެވެ. އަމިއްލަ ނަފްސު ހަމަޖެހެން ވަގުތު ލިބި ކުރިއަށްދާން އެއިރުން ހިތްވަރުލިބޭނެއެވެ.

ހަކަތަ ލިބުން:

އަމިއްލަ ނަފްސަށް އަޅާލުމަކީ ތިމާ ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެ ހިތްވަރު ލިބިގެންދާނެކަމެކެވެ. އަދި މިއީ ދިރިއުޅުމައިގެން ކުރިއަށްދާން އިތުރު ހަކަތަ ލިއްބައިދޭނެކަމެކެވެ.

އަމިއްލައަށް އުޅެވުން:

އެހެން މީހުންނަށް ބަރޯސާވެގެން އުޅެންޖެހޭ އުޅުން ނިމުމަކަށް އައިސް އަމިއްލަ މީހާ އިންޑިޕެންޑެއްޓް ވެގެންދާނެއެވެ.

މަސައްކަތް ރަނގަޅުވުން

އަމިއްލް ނަފްސަށް އަޅާލާނަމަ ތިމާ ކުރަންޖެހޭ އެހެނިހެން ކަންކަމަށްވެސް އޭގެ ރަނގަޅު އަސަރުކުރާނެއެވެ. އަދި ކަންކަން ޕްރޮޑަކްޓިވް ވެގެންދާނެއެވެ.

އަމިއްލަ ނަފްސަށް އަޅާލުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:

  • ބަބުލް ބާތް އެއް ނުވަތަ ވަރަށް ލޯންގް ޝަވަރއެއް ނަގާލުން
  • އިރުގެ އަވި ލިބޭ ތަނެއްގައި އިށީނުން
  • ފޮތެއް ކިޔާލުން
  • ޖާނަލްއެއް ލިޔުން
  • ތިމާ ގަޔާވާ ބުއިމެއް ބޯލުން. މިސާލަަކަށް ކޮފީ ނުވަތަ ސައި
  • ހިނގާލަން ދިއުން
  • ކާހިތްވާ އެއްޗެއް ކައްކާލައިގެން ކާލުން
  • ބަލާހިތްވާ ޝޯއެއްގެ އެޕިސޯޑެއް ބަލާލުން
  • ރަނގަޅު ނިންޖެއް ނިދާލުން
  • ރަނގަޅަށް ފެން ބުއިން
  • ކަސްރަތުކުރުން
  • ތެރަޕިސްޓަކާއި ވާހަކަދައްކާލުން
  • ރަހުމަތްތެރިންނާއިއެކު ވަގުތު ހޭދަކޮށްލުން
ރިއެކްޝަންސް
2
2
0
1
1
0
0