މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

26 ޖޫން 2022 - 19:21

ދިވެހިރާއްޖޭގެ ކުރިއެރުމުގައި ޕްރައިވެޓް ސްކޫލްތަކުން މުހިއްމު ދައުރެއް އަދާކުރޭ: ނައިބު ރައީސް

ދިވެހިރާއްޖޭގެ ކުރިއެރުމުގައި ޕްރައިވެޓް ސްކޫލުތައް މުހިއްމު ދައުރެއް އަދާކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ ގްރެޖުއޭޝަން 2021-2022 ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މުޖުތަމަޢުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި ޕްރައިވެޓް ސްކޫލުތަކާއި ޕްރައިވެޓް ޕްރީ ސްކޫލުތަކުން އަދާކުރާ ދައުރު ވަރަށް މުހިއްމުކަމަށާއި، ތަޢުލީމީ ޖީލެއް ބިނާކުރުމުގައި އައިލެންޑާސް އެޑިޔުކޭޝަން ގުރޫޕުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

advertisement

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފުރަތަމަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންދެވިފައިކަމަށްވެސް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 33.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މާލެ ރައްޔިތުންނަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

40 އަހަރަށްފަހު މާލެ ރައްޔިތުންނަށް ގޯތި ހިލޭ ދިނުމަށް ހުޅުވާލައިފި އެވެ.

ރިލްވާން އާއި ޔާމީންގެ މައްސަލައާއި ގުޅިގެން ދެމީހުން ހައްޔަރުކޮށްފި

ަރާލާފާއިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖޫމްހޫރިއްޔާ އެކުލަވާލައްވާފައިވާ ކޮމިޝަނުން ތަހުގީގު ކުރަމުންދާ، 2014 އޯގަސްޓް 08 ވަނަ ދުވަހުގެ ވަގުތެއްގައި ކ.މާލެ، މ. ޝައިނިންގސްޓަރ، އަޙްމަދު ރިޟްވާން ޢަބްދުالله ވަގަށް ނަގައި މަރާލާފައިވާ މައްސަލައާއި 2017 އޭޕްރީލް 23 ވަނަ ދުވަހުގެރޭ ސ. ފޭދޫ، ޗަނބޭލީގެ، ޔާމީން ރަޝީދު މަރާލާފައިވާ މައްސަލައާގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމުގަ އާއި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކ. މާލެ، މއ. ފާގަފިލާގެ، އަޙްމަދު އިސްމާޢީލް )39އ( އާއި ކ. މާލެ، ދަފްތަރު ނަންބަރު RS8499 ،އަޙްމަދު މުޢާޒް )40އ( އާއި ކ. މާލެ، މ. ލެގޫންވިއު، އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް )30އ( ވަނީ ހައްޔަރުކޮށްފައެވެ.

ބޮޑު ޗުއްޓީއަށް ހާއްސަކޮށް ވެލިގާއިންބޮޑު ސޭލެއް އަޅުވައިފި

ބޮޑު ޗުއްޓީއާ ދިމާކޮށް، ވެލިގާ ފިހާރަތަކުން ބޮޑު ސޭލެއް އަޅުވައިފި އެވެ. މި ޕްރޮމޯޝަނުގައިގިނަ ސާމާނުތަކުން ބޮޑެތި ޑިސްކައުންޓް ކަސްޓަމަރުންނަށް ލިބޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0