ރޯގާގެ ކޭސްތައް ވަރަށް ގިނަ، ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން

29 ޖޫން 2022 - 16:48

ވިއްސާރަ މޫސުމުގައި ކުދިންކޮޅަށް އަބަދު ރޯގާގެ ތުރާލާއި ކުރިމަތިލާން ޖެހޭ ހެއްޔެވެ؟ ވިއްސާރަ މޫސުމުގައި ކުދިންނަށް މޫސުމީ ރޯގާގެ ވަބާއާއި ކުރިމަތިވާ ކުދިންގެ ނިސްބަތް ގިނައެވެ. މިހެން ދިމާވާން މެދުވަރިވާ މައިގަނޑު އެއް ސަބަބަކީ ކުޑަކުދިންގެ ދިފާޢީ ނިޒާމުގެ ބަލިކަށިކަމަށް ވެދާނެއެވެ. ވިއްސާރަ މޫސުމުގައި ކުދިން ބަލިކޮށް އުޅޭތީ ދިރިއުޅުމުގައި ކުރަންޖެހޭ މަސައްކަތްތަކަށް ހުއްޓާލުމުން މިންޖުވުމަށް ބެލެނިވެރިން އިސްކުރަންވީ މޫސުމީ ރޯގާއިން ކުދިން ރައްކާތެރިކުރަން ކުރަންޖެހޭ ވަރަށް އާދައިގެ ކަންކަން ކޮށްލުމަށެވެ. ވިއްސާރަވެ ފިނިކޮށް އޮންނަ ޙާލަތްތަކުގައި އައިސްކްރީމް ފަދަ ފިނިތަކެތިން ކުދިން ދުރުކުރުވުމާއި މިނޫނަސް އެހެނިހެން ކަންކަމަށް ބެލެނިވެރިން ސަމާލުވެލަން އެބަ ޖެހެއެވެ.

ކުރެވިދާނެ 3 ކަމެއް:

ވިއްސާރަވެ ފިނިކޮށް އޮންނަ މޫސުމަށް ޚާއްސަ ހެދުން އެޅުވުން

advertisement

މޫސުމާއި ގުޅޭ ޚާއްސަ ހެދުން ބޭޏުންވާ މިންވަރަށް ގަނެފައި ބެހެއްޓުން ބުއްދިވެރިއެވެ. ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ހެދުމާއި އެކު ބޭނުން ކޮށްލެވިދާނެ ޖެކެޓުކޮޅެއްވެސް ހަމަ އޯކޭއެވެ. ކުދިންގެ އަތާއިފައި ނިވާކުރެވޭނެ ފަދަ ދިގު ހެދުންކޮޅަކުން ކުދިންގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލެންސްކޮށް ލެވޭނެއެވެ. ރާއްޖޭގެ މޫސުން އޮންނަ ގޮތުން ބޮޑަށް ރަނގަޅުވާނީ ބޭނުންކުރުމަށް ފަހު ފަސޭހައިން ނެގިދާނެ އަދި ހަމަ އެހެންމެ ބޭނުންވުމާއި އެކު ފަސޭހައިން އެޅިދާނެ ފަދަ ފޭރާން ބޭނުންކުރުމެވެ.

ވާރެއާއި ތެމެން އަބަދުމެ ދޫކޮށްފައި ނުބެހެއްޓުން

ވާރޭވެހި ފިނިކޮށް އޮންނަ ދުވަސް ދުވަހު ޚައްސަކޮށް ހަވީރުގެ ވަގުތާއި ދިމާކޮށް ކުދިން ކުޅެން ބޭރުތެރެއަށް ދޫކޮށް ނުލުމަށް ސަމާލުކަން ދޭށެވެ. ކުދިން އެންޓަޓައިންވެ ކުދިން ވެފައި ތިބޭ މަޖަލާއި އުފާ ކުއްޖާ ހުންއައިސް ރޯގާ ޖެހުމާއިއެކު ނެތިގެން ދާނެއެވެ. ރޯގާއާއި ހުމަކީ ފަސޭހައިން ފެތުރުމާއި އެކު އެންމެނަށްވެސް އޮތް ނުރައްކަލަކަށްވެއެވެ. އެހެންކަމުން ވިއްސާރަވެ ފިނިކޮށް މޫސުން އޮންނަ ދުވަހެއްގައި މިކަމަށް ސަމާލުވާށެވެ.

ސިޓްރަސް އެކުލެވޭ މޭވާ ބޭނުންކުރުން

ލުނބޯ ނޫނީ އޮރެންޖް ފަދަ މޭވާތަކަކީ ސިޓްރަސް ގިނައިން އެކުލެވޭ މޭވާތަކެވެ. ސިޓްރަސް އެކުލެވޭ ބުއިންތަކުން ސެލްތަކަށް ލިބޭ ގެއްލުން ކޮންޓްރޯލް ކޮށްދެއެވެ. އަދި އަށަގަނެފައިވާ މިއުކަސް ފަށަލަތައް ތުނިކޮށް ދިނުމަށްވެސް މިބާވަތުގެ މޭވާތަކުން އެހީވެދެއެވެ. އިތުރަށް ފުރިހަމަ ކުރުމަށް  ތާފަނާ ފެންފޮދެއްގައި މާމުއި އަޅައިގެން ފަނިގިރައިގެންވެސް މިމޭވާތައް ބޭނުން ކުރަންވީއެވެ.

ނުކުރަންވީ 3 ކަމެއް:

ހަކުރުގެ ބާވަތްތަށް ބޭނުންކުރުން

ރޯގާގެ އަސަރު ކުޑަކޮށްވެސް ކޮށްފައިވާނަމަ މައިގަނޑު ގޮތެއްގައި ހަކުރު ހިމެނޭ ކެއުމުގެ ބާވަތްތަށް ޚާއްސަކޮށް ތުއްތު ކުދިންގެ ޑައިޓުން މަދުކުރާށެވެ.

ކުޅިކޮށް ކާންދިނުން

ކުޅިކޮށް ކެއުމަކީ ކަރުތެރެ އިރިޓޭޓްކުރުމަށް މެދުވެރިވާ ކަމެކެވެ. މީގެ ސަބަބުން ކުޑަކުދިންގެ ރޯގާގެ އަސަރު ބޮޑުވާނެއެވެ. ކުޑަކުދިންގެ ކެއުމުން ތެޔޮ ހިމެނޭ ބާވަތްތަކާއި ކުޅި ބާވަތްތަށް މަދު ކުރާށެވެ.

ހިކި މޭވާ އަދި ނަޓްސް ކާންދިނުން

މިބާވަތްތަށް ކާންދޭނަމަ މުގުރާލައިގެން ކާންދޭށެވެ. ރޯގާގެ އަލާމާތްތަށް ހުރި ކުއްޖަކަށް ދިރުވުމުގައި އުދަނގޫތަކެއް ހުންނާނެއެވެ.

ރިއެކްޝަންސް
1
0
0
1
2
0
0