ތިހުރީ ވީޑިއޯ ގޭމަށް އެޑިކްޓް ވެފައިތަ؟

30 ޖޫން 2022 - 11:13

ވީޑިއޯ ގޭމް ކުޅުމަކީ މިހާރަކަށް އައިސް ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލުކަމެެކެވެ. އެމެރިކާގައި ހެދި ދިރާސާއެއްގައި ދައްކާގޮތުގައު އެ ޤައުމުގެ ޒުވާނުންގެ ތެރެއިން 3 ބައިކޮށްފައި 2 ބައި ޒުވާުނުންނަކީ ވީޑިއޯ ގޭމް ކުޅޭ ޒުވާނުންެނެވެ. ވީޑިއޯ ގޭމް ކުޅުމަކީ މީހާގެ ސިކުނޑި ތަނަވަސްވެ އެއިން ފައިދާވެސް ކުރާކަމެކެވެ. ނަމަވެސް މިކަންވެސް ގެއްލުންވާ ހިސާބަށްދަނީ އެކަން ކުރަންއޮންނަ ހައްދުން ނައްޓައިގެން އެއަށްވުރެ މައްޗަށް މިކަން ދާތީއެވެ.

ވީޑިއޯ ގޭމަށް އެޑިޓްކްވެ ނުވަތަ ދެވިހިފައިގެން ގޮސް ދިރިއުޅުމުގައި ދެން އެނޫން އިތުރުކަމެއްނެތި ދިރިއުޅުމަށް އޭގެ އަސަރު ކުރާ ހިސާބަށްވެސް ކަންކަންދެއެވެ.

advertisement

ވީޑިއޯ ގޭމަށް ދެވިހިފާފައިވާކަމުގެ އަލާމާތްތަކަކީ ކޮބާ؟

ގޭމިން އެޑިކްޝަން، ނުވަތަ ގޭމިން ޑިސްއޯޑަރ އަކީ އެމީހަކު ވީޑިއޯގޭމް ކުޅެން ހޭދަވާ ވަގުތަށް ބިނާވެފައިވާ ކަމެކެވެ. ވީޑިއޯ ގޭމަށް ދެވިހިފާފައިވާކަން ދެނެގަންނާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

  • އަބަދު ވީޑިއޯ ގޭމް ކުޅުން
  • ވީޑިއޯ ގޭމް ކުޅޭ ވަގުތު މަދުކުރަން ބޭނުންވި ނަމަވެސް އެކަން ނުވުން
  • ގޭމަށް ގޮސް ގެއްލިގެން ގިނަ ވަގުތު އެކަމުގައި ހޭދަކުރުން
  • ވީޑިއޯ ގޭމް ނުކުޅެވިއްޖެނަމަ މީހާ ދެރަވެ، ރުޅިއައިސް މާޔޫސްވުން ފަދަ ކަންކަން ކުރިމަތިވުން
  • ދިރިއުޅުމުގެ އެހެނިހެން ކަންކަން ގޭމް ކުޅެން ކެންސަލްކުރުން. ކުރިން ކުރަންބޭނުންވި ކަންކަން ކުރާހިތްނުވެ އަބަދު ގޭމު ކުޅުން
  • ވީޑިއޯ ގޭމު ކުޅޭ ވަގުތާއި ގުޅޭގޮތުން ލޯބިވާ މީހުންނަށް ދޮގުހެދުން. އޭގެތެރޭގައި އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިން އަދި ބައިވެރިޔާ ހިމެނެއެވެ.
  • މާގިނައިން ގޭމު ކުޅެން ވަގުތު ހޭދަކުރުމުގެ ސަބަބުން ވަޒީފާ، އަދި އަމިއްލަ ދިރިއުޅުމަށް އަސަރުކުރުން.

މި އަލާމާތްތަކުގެ ތެރެއިން ގިނަ އަލާމާތްތައް ފެންނަނަމަ ތިޔަހުރީ ވީޑިއީ ގޭމަށް ދެވިހިފާފައެވެ.

ރިއެކްޝަންސް
0
0
3
1
0
0
0