އަމިއްލަ ދަރިފުޅުވެސް އެހެން ކުދިންނަށް ބުލީ ކޮށްފާނެ

30 ޖޫން 2022 - 11:56

ތިމާގެ ދަރިފުޅު ނުވަތަ ތިމާ ދަންނަ ކުއްޖަކު ބުލީގެ ޝިކާރައަކަށް ވެފައި ހުރެދާނެއެވެ. މިކަމުގެ ސަބަބުން އެ ކުއްޖެއްގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއްކޮށް އެކަމުގައި ގިނަ ދުވަސްތަކެއް އުޅެންޖެހިފައި ހުރެދާނެއެވެ. ނަމަވެސް ތިމާގެ ދަރިފުޅު އެހެން ކުއްޖަކަށް ބުލީކުރާނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟

އެހެންކުދިންނަށް ބުލީ ކުރަނީ ތިމާގެ ދަރިފުޅުކަން އެނގުމަކީ ވަރަށް ހިތްދަތިކަމެކެވެ. މިކަން މިހެން ދިމާވާނަމަ އެކަމުގެ ސަބަބުތައް ދެނެގަނެ ތިބާގެ ދަރިފުޅަށް އެހީތެރިވާށެވެ.

advertisement

އާއިލާތެރޭގެ މާހައުލު ހުންނަ ގޮތުގެ ސަބަބުންވެސް ކުއްޖާ މިފަދަ ކަންކަން ކުރުމަށް މަގުފަހިވެދާނެއެވެ. އެގޮތުން އާއިލާތެރޭގައި އެއްބަޔަކު އަނެއްބަޔެއްގެ އިހްސާސްތަކަށް އިހްތިރާމް ނުކޮށް އެއްބަޔަކު އަނެއްބަޔަކަށް ދިމާކުރާނަމަ އާއިލާގެ މާހައުލުގެ ތެރެއިން ކުއްޖާ މިފަދަ ކަންކަން ދަސްކުރާނެއެވެ. އެހެންކަމުން އާއިލާގެ ތެރޭގައި ކުއްޖާއަށް ރަނގަޅު މިސާލު ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތިމާގެ ދަރިފުޅު ސްކޫލް މާހައުލުގައި އެހެން ކުދިންނަށް ބުލީކުރާކަން އިނގޭނަމަ އެކަނި މި މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ސްކޫލާއި ވާހަކަދައްކައިގެން މިކަން ހައްލު ކުރުމަށް މަސައްކަތްކުރެވިދާނެއެވެ. އެގޮތުން ސްކޫލްގެ ކައުންސިލެރ އަދި ޗީޓަރުންގެ އެހީ ހޯދިދާނެއެވެ.

މިފަދަ ކަމެއް މެދުވެރިވެއްޖެނަމަ ކުއްޖާއަށް ވާހަކަދައްކާ ކުއްޖާގެ އަޑު އެހުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެކަން ކުރަން މެދުވެރިވި ސަބަބު ކުއްޖާގެ ކިބައިން އޮޅުންފިލުވިދާނެއެވެ. އަދި ކުއްޖާއަށް ރީތިބަހުން ނަސޭހަތްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

އާއިލާގެ ލޯތްބާއި އަޅާލުމަކީ ކުއްޖާއަށް ވަރަށް މުހިންމު ކަމެކެވެ. މިފަދަ ކަމެއް މެދުވެރިވުމުން ކުއްޖާ ބާކީކޮއްލުމުގެ ބަދަލުގައި އޭނާއަކީ މުހިންމު މީހެއްކަން އިހްސާސްކޮށްދީ ކުއްޖާ އެކަމުން ސަލާމަތްކުރުމަކީ މުހިންމު ކަމެކެވެ.

ދުވާލުގެ ވަގުތުތަކުގައި ކުއްޖާކުރާ ކަންކަމުގައި ބައިވެރިވެވިދާނެއެވެ. މީގެ ސަބަބުން ބެލެވިވެރިޔާއާއި ކުއްޖާއާއިމެދު ގާތް ގުޅުމެއް އުފެއްދޭނެއެވެ. އޭގެ ސަބަބުން ކުއްޖާ ބުނަން ބޭނުންވާ ވާހަކަތައް އެއްވެސް ޖެހިލުމެއްނުވެ ބެލެނިވެރިޔާއާއި ހިއްސާކުރެވޭނެއެވެ.

ރިއެކްޝަންސް
0
1
0
0
0
0
0