މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

2 ޖުލައި 2022 - 17:55

“ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ” ފޮތް ރައީސަށް ހަދިޔާ ކުރައްވައިފި

މުޙައްމަދު އިސްމާޢީލްފުޅު ލިޔުއްވާފައިވާ “ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ” ފޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާ ކުރައްވައިފިއެވެ. މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރައްވައިފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

advertisement

މިފޮތުގެ މުޞައްނިފާ ބައްދަލުކުރައްވައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތަކީ ނައިފަރާ އަދި ރާއްޖޭގެ އެހެން ރަށްރަށާވެސް ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހިމެނޭ، އަދި ވަރަށް ބޭނުންތެރި ފޮތަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެ ފޮތުގެ މުޞައްނިފުގެ މަސައްކަތަށް ހިތްވަރުދެއްވައި ވާހަކަފުޅު ދައްކަވާފައެވެ.

“އޮފިސަރސް ރޭންޖު ޑޭ 2022” ގެ ހަރަކާތްތައް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްދިޔަ “އޮފިސަރސް ރޭންޖު ޑޭ 2022” ގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

ޖުލައި 1 ވަނަ ދުވަހުގެ 14:30 ގައި ފެށި ރޭންޖު ޑޭގައި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ހޯދުނު ޒަމާނީ އެކިއެކި ވެޕަން ސިސްޓަމްތަކުގެ ޑިސްޕްލޭއެއް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައްލަވާލައްވާފައެވެ. އެ ޑިސްޕްލޭގައި، ޚާއްޞަ އަސްކަރީ ހަރަކާތްތަކުގައި ބޭނުންކުރުމަށް އެމްެއެންޑީއެފަށް އަލަށް ހޯދުނު ހަތިޔާރާއި، ޕާސަނަަލް ވެޕަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރާއި، އަދި ސަޕޯޓް ވެޕަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރުތައް ދައްކާލާފައިވެއެވެ.

ރާއްޖޭގެ އެކި ރަށްތަކުގެ ހާލަތު މިދަނީ ގާތުން ބަލަމުން: އެން.ޑީ.އެމް.އޭ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އެރުމާއި ގުޅިގެން ރާއްޖޭގެ އެން.ޑީ.އެމް.އޭއިން ދަނީ ރަށްތަކުގެ ހާލަތު ގާތުން ބަލަމުންކަމަށް އެ އޮތޯރިޓީން ހާމަކޮށްފި އެވެ.

އާރް.ޓީ.އެލްގެ ޚިދުމަތް ހއ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގެ ޚިދުމަތް ޒޯން 1 ގެ ހއ. އަތޮޅަށް ކަނޑައަޅާފައިވާ އަގުތަކުގައި 3 ޖުލައި 2022 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ހަމަޖެހިއްޖެއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް”ގެ ޚިދުމަތް ޒޯން 1 ގެ ށ. އަތޮޅު ފިޔަވައި ދެން ހިމެނޭ 2 އަތޮޅުކަމުގައިވާ ހދ. އަދި ހއ. އަތޮޅުގެ ރަށްތަކަށް ރަސްމީކޮށް ފެށުނީއެވެ.

މި އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންގެ ފަހު ގްރޫޕް މިރޭ ފުރާނެ

1443 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ  ޙައްޖުވެރިންގެ ފަހު ގްރޫޕް މިރޭ  ( 02 ޖުލައި 2022 ) ފުރާނެއެވެ.

ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ހަމަޖައްސާފައިވާއިރު މިރޭވެސް ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސްޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް ބޭފުޅުން ތިއްބަވާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0