ކޯވިޑް19 އާއިއެކު ބްރެއިން ފޮގްގެ ކޭސްތައް ގިނަވަމުން އަންނަކަމަށް ދިރާސާއަކުން ދައްކައިފި

3 ޖުލައި 2022 - 13:12

ބްރެއިން ފޮގް ވުމަކީ ސިކުނޑިއަށް ކަންކަން ނަގައިގަނެ ޕްރޮސެސްވުމަށް ލަސްވުމާއި، ވިސްނުން ކޮށިވުން ފަދަ ކަންކަން މެދުވެރިވުމުން ބޭނުންކުރާ ބަހެކެވެ. ހަރވާޑް މެޑިކަލް ޖާނަލްގައި ބުނެފައިވާގޮތުގައި ކޯވިޑް19 ގެ ސަބަބުން އިންސާނާގެ އެކިއެކި ގުނަވަންތަކަށް ދިގުމުއްދަތަކަށް އަސަރުކުރުވައެވެ. ފުއްޕާމެއާއި، ހިތާއި، ކިޑްނީ އަދި އެހެނިހެންވެސް ގުނަވަންތަކަށް ކޯވިޑްގެ ސަބަބުން އަސަރުކުރާއިރު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ވަރުބަލިވުމާއި، ގައިގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ނިދަން އުނދަގޫވުން ފަދަ ކަންކަމެވެ. މިފަދަ ކަންކަމުގެ ސަބަބުން މީހާގެ ހަނދާނަށް އަސަރުކޮށް ބްރެއިން ފޮގްވުމަށް މަގުފަހިވެއެވެ.

ބްރެއިން ފޮގްވުމުން ދުރުވުމަށް ކުރެވޭނީ ކޮންކަމެއް؟

އެރޮބިކް ކަސްރަތުކުރުން

advertisement

އެރޮބިކް ކަސްރަތުކުރާއިރު މަޑުމަޑުން މިކަން ފެށުމަކީ އެންމެ މުހިންމު އެއް ގޮތެވެ. އެގޮތުން ކޮންމެ ދުވަހަކު 2 ނުވަތަ 3 މިނެޓަށް ކަސްރަތު ކުރެވިދާނެއެވެ.

ސިއްހަތައް ފައިދާހުރި ކާނާ ކެއުން

ސިއްހަތައް ފައިދާހުރި ކާނާގެ ތެރޭގައި އޮލިވް އޮއިލް، މޭވާއާއި ތަރުކާރީ، ނަޓްސް އަދި ބީންސް، ހޯލް ގްރެއިން އަކީ ވިސްނުން ތޫނުވެ ހަނދާން ވަރުގަދަކުރުމަށް ކެވިދާނެ ބައެއް ތަކެތިކަމަށް ދިރާސާއިން ދައްކައެވެ.

އަލްކަހޯލް ނުވަތަ ޑްރަގް ބޭނުންނުކުރުން

އަލްކަހޯލް ނުވަތަ ޑްރަގް ބޭނުންކުރުމަކީ ބްރެއިން ފޮގްވުމަށް މެދުވެރިވެދާނެ ސަބަބެކެވެ.

ރަނގަޅަށް ނިދުން

ރަނގަޅަށް ނިދުމަކީ ސިކުނޑި ރަނގަޅުކޮށްދީ ދުޅަހެޔޮކޮށްދޭ ކަމެކެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދަން އާދަކުރާށެވެ.

ސޯސިއަލް ހަރަކާތްތަކުގެ ސަބަބުން މޫޑް ރަނގަޅުވުމުގެ އިތުރުން ސިކުޑިއަށްވެސް އޭގެ ސަބަބުން ރަނގަޅު އަސަރުކުރުވާކަމަށް ދިރާސާއިން ދައްކައެވެ.

ރިއެކްޝަންސް
3
0
0
0
0
0
0