އެއަރޕޯޓާއި ކައިރީގައި އުޅޭނަމަ ލޭމައްޗަށް ދިޔުމުގެ ޗާންސް ބޮޑު: ދިރާސާ

5 ޖުލައި 2022 - 9:40

އެއަރޕޯޓަކާއި ކައިރީގައި އުޅެންޖެހުމަކީ އޭގެ ސަބަބުން ވަރަށް ގިނަ ފަހަރު އުނދަގޫތަކާއި ކުރިމަތިލާންޖެހޭނެކަމެކެވެ. މަތިންދާބޯޓު ޖައްސާ އަދި ނައްޓާލާ ވަގުތުތަކުގައި އެއިވޭ ގަދަ އަޑުގެ ސަބަބުން އެއަރޕޯޓްތަކާއި ކައިރީގައި އުޅޭމީހުންގެ ކަންފަތައް އުނދަގޫވެއެވެ.

ކުރިއާއި ހިލާފަށް ވައިގެ އުދުހުންތަކުގެ ޑިމާންޑް އިތުރުވެފައިވާ މި ޒަމާނުގައި މިފަދަ ހިސާބުތަކުގައި އުޅޭ މީހުންނަށް މި އުނދަގޫ ކުރިއާއި އަޅާބަލާއިރު ބޮޑުވާނެއެވެ.

advertisement

ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީގައި ބުނެފައިވާގޮތުގައި މަތިންދާބޯޓު ޖައްސާ އަޑު ޙާއްސަކޮށް ރޭގަނޑު އިވޭނަމަ ލޭމައްޗަށްދާން މެދުވެރިވާ ކަމަށެވެ. މީގައި ބުނެފައިވަނީ މަތިންދާބޯޓުގެ އަޑު އިވުމަކީ ލޭމައްޗަށް ގޮސް ހިތުގެ މައްސަލަތަކާ ކުރިމަތިވެ ސްޓްރޯކް ޖެހުން އިތުރުވާ ކަމެއްގެ ގޮތުގައި ބަލަންޖެހޭ ހެކި އިތުރަށް ލިބެމުން އަންނަ ކަމަށެވެ.

އާ ދިރާސާގައި 44 އަހަރާއި 66 އަހަރާ ދެމެދުގެ 201 މީހަކު ބައިވެރިކޮށްފައި ވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއް ބައި މީހުންނަކީ މަތިންދާބޯޓުގެ އަޑު ގަދަޔަށް އިވޭ ހިސާބުގައި އުޅެފައިވާ މީހުންނެވެ. ދެން ތިބި މީހުން، މަތިންދާބޯޓުގެ އަޑު މަޑުން އިވޭ ހިސާބުގައި ތިން އަހަރު އުޅެފައިވެ އެވެ.

މި ދެ ގްރޫޕް އަޅާކިޔައި ބެލިއިރު މަތިންދާބޯޓުގެ އަޑު ގަދަޔަށް އިވޭ ހިސާބުގައި އުޅުނު މީހުންގެ ތެރެއިން 40 ޕަސެންޓަކީ ލޭމައްޗަށް ދިއުމުގެ މައްސަލަޔާ ކުރިމަތިވެފައިވާ މީހުންނެވެ. އެކަމަކު އަނެއް ގްރޫޕްގެ މީހުންގެ މެދުގައި މި ނިސްބަތް ހުރީ 24 ޕަސެންޓުގަ އެވެ. މީގެ އިތުރުން، މަތިންދާބޯޓުގެ އަޑު ބާރަށް އިވޭ ހިސާބުގައި އުޅުނު މީހުންގެ ތެރޭގައި ހިތަށް ގެއްލުން ވެފައި ތިބި މީހުން ގިނަކަން ވެސް ވަނީ ފާހަގަވެފަ އެވެ.

ރިއެކްޝަންސް
0
0
0
0
2
0
0