މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

5 ޖުލައި 2022 - 17:57

ބެންގްކޮކްގައި ކުރިއަށް ދިޔަ މަހާސިންތައިގައި ޖެންޑަރ މިނިސްޓަރ ބައިވެރިވަޑައިގެންފި

ތައިލޭންޑްގެ ވެރިރަށް ބެންގްކޮކްގައި ޖޫން 29ން 1 ޖުލައި 2022ށް ކުރިއަށްދިޔަ “އޭޝިއާ ޕެސިފިކް އިންޓަރގަވަމެންޓަލް މީޓިން އޮން ދަ ފޯތް ރިވިއު އެންޑް އެޕްރައިސަލް އޮފް ދަ މެޑްރިޑް އިންޓަރނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އޭޖިން”ގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި މެޑްރިޑް އިންޓަރނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އޭޖިންގ 2002 ރިވިއުކުރުމުގެ އިތުރުން، މި އެކްޝަން ޕްލޭން ކުރިއަށް ގެންދިއުމަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވައިފައިވެއެވެ. އަދި ޢުމުރުން ދުވަސް މީހުންގެ އާބާދީއަށް އަންނަ ބަދަލުތަކާއި، ދިމާވާ މައްސަލަތަކުގެ އިތުރުން އޭޝިއާ އަދި ޕެސިފިކް ޤައުމުތަކުގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކުރައްވާފައިވެއެވެ.

ހއ. ދިއްދޫ ބަނދަރު މަޝްރޫޢު ކުރިއަށް

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ 77 ޕަސެންޓާއި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 50 ޕަސެންޓް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވި އެވެ.

މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 69.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފޭކް ތައިރޮއިޑް ބޭސް ދައުވަމުންދާތީ ސަމާލުވާން އަންގައިފި

ތައިރޮކްސިން ސޯޑިއަމްގެ ފޭކް ބޭސްތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭއިން އަންގައިފިއެވެ.

މިއަހަރު ތެރޭ ތަކެތީގެ އަގަށް އިތުރު ބަދަލުތައް އަންނާނެ: ފިނޭންސް މިނިސްޓަރ

ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން، މިއަހަރު ތެރޭ ތަކެތީގެ އަގަށް އިތުރު ބަދަލުތައް އަންނާނެ ކަމަށެވެ.

ވޯލްޑް ބޭންކުން 34 މިލިއަން ޑޮލަރުގެ އެހީއަށް ރާއްޖެއަށް

ދިވެހި މަސައްކަތްތެރިންނަށް ދޭ ޕެންޝަނަށް ވޯލްޑް ބޭންކުން 34 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދީފި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0