ސަރުކާރުގެ މަޤްބޫލުކަން ޖޫން މަހު ދަށަށް

6 ޖުލައި 2022 - 13:40

އެމްވީ ޕްލަސް އޮޕީނިއަން މެދުވެރިކޮށް ސަރުކާރުގެ މަޤުބޫލްކަން ނެގުމަށް ކޮންމެ މަަހަކު ނަގަމުންދާ ދިރާސާއިން ދައްކާގޮތުގައި ސަރުކާރުގެ މަޤްބޫލުކަން ޖޫންމަހު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

އެމްވީޕްލަސް ޕަބްލިކް އޮޕީނިއަން އިން އަންނަނީ ސަރުކާރާއި މެދު އާންމުން ދެކޭގޮތް ބެލުމަށް ދިރާސާކުރަމުންނެވެ. އެގޮތުން މިދިޔަ 2021 ވަނަ އަހަރުން ފެށިގެން ކުރަންފެށި މި ދިރާސާގައި މިހާތަނަށް ސަރުކާރުން މަގުބޫލްކަން އެންމެ ބޮޑަށް ދަށަށް ދިޔަކަމަށް ބެލެވެނީ މިދިޔަ ޖޫން މަހުއެވެ.
އެމްވީޕްލަސް ޕަބްލިކް އޮޕީނިއަން އަކީ ރާއްޖޭގައި ހިނގާ އެކިއެކި ކަންކަމާމެދު ރައްޔިތުން ދެކޭގޮތް ހޯދުމަށް ޕޯލް ނަގައި, ސިޔާސީ ފަރާތްތަކާއި ސަރުކާރުގެ މަޤުބޫލްކަން ބެލުމަށް ފަރުމާކުރެވިފައިވާ ދިރާސާ ޕޯރޓަލްއެކެވެ. މިހާތަނަށް ދިހަ ހާސް އަށްވުރެ ގިނަ ދިވެހިން މިޕޯރޓަލްގައި ރަޖިސްޓްރީކޮށްފައިވާކަން ފާހަނގަކޮށްލެވެއެވެ.

advertisement

ޖުލައި މަހަށް ވޯޓުލުމަށް https://opinion.mv/government-approval ޒިޔާރަޔް ކުރައްވައިގެން ވޯޓުލެވޭނެ.

ރިއެކްޝަންސް
1
0
0
0
1
1
1