ޕްލާންޓް ބޭސްޑް ޑައިޓް މަގުބޫލުވެގެން އަންނަނީ ކީއްވެ؟

14 ޖުލައި 2022 - 10:33

ޕްލާންޓް ބޭސްޑް މީޓް ނުވަތަ ވޭގަން މީޓްއަކީ މިހާރު ވަރަށް ބޮޑަށްވެސް މަޤްބޫލުވަމުންއަންނަ މަހުގެ ބާވަތެކެވެ. ނަމަވެސް މި ތައްޔާރުކޮށްފައި ހުންނަނީ އެއްވެސް ކަހަލަ ޖަނަވާރެއްގެ މަހަކުން ނޫނެވެ. މިއީ ހުސްވެސް ވެޖިޓޭރިއަނުން ތައްޔާރުކޮށްފައިހުންނަ މަހެކެވެ.

ވޭގަން މީޓްއަކީ މަސް ނުކާ ވެޖިޓޭރިއަނުންނަށް މަސް ކެއުންމުގެ އިހްސާސްކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އެެއްޗެކެވެ. އަދި މިއީ އެމީހުންގެ ޑައިޓްގައި ކުރިއަށްގޮސް އެހެންނަމަވެސް ކެވިދާނެ އެއްޗެކެވެ.

advertisement

ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއިހެދި އަދި ޖަނަވާރުން މެރުމާއި ދެކޮޅަށް އަޑުއުފުލަމުންދާއިރު ވޭގަަން މީޓް އަށް އޮންނަ މަޤްބޫލުކަން ދަނީ އިތުރުވަމުންނެވެ. ސަބަބަކީ މިއީ މަސްކެއުމުގެ އިހްސާސް ކުރުވާ އެހެނަސް ޖަނަވާރުން ނުމަރާ މިކަން ކުރެވެން އޮތް ގޮތަކަށް ވާތީއެވެ. ވޭގަން މީޓްއަށް އޮތް މަޤްބޫލުކަން އިތުރުވެގެންދިޔަ އަނެއް ސަބަބަކީ މިއާއި އެއްކޮޅަށް މަޝްހޫރު ގިނަ މީހުން ނުކުމެ މި ކާންފެށުމެވެ.

ވޭގަން މީޓްއަކީ ކޮބާ؟

ވޭގަން މީޓްއަކީ މަހުގެ ބަދަލުގައި އެހެނަސް މަސް ނުހިމަނާ ތައްޔާރުކޮށްފައިވާ އެއްޗެކެވެ. މީގެ ރަހައާއި ކުލައާއި އަދި ހުރިހައި ކަމެއްވެސް ހުންނާނީ ޖަނަވާރުންގެ މަހާއި އެއްގޮތަށެވެ. މިއަށް ކިޔާ އިތުރު ނަންތަކުގެ ތެރޭގައި ފައުކްސް، ފޭކް މީޓް، މޮކް މީޓް، މީޓް އެނަލޮގް، އަދި ޕްލާންޓް ޕްރޮޓީން ފަދަ ބަސްބަސް ހިމެނެއެވެ.

ވޭގަން މީޓް ބޭނުންކުރަންފެށީ ކޮންއިރަކު؟

ވޭގަން މީޓް ނުވަތަ ޕްލާންޓް ބޭސްޑް މީޓް ބޭނުންކުރަން ފެށީ މީގެ އަހަރުތަކެއް ކުރިން ޗައިނާގައެވެ. އެއަށްފަހު ދުނިޔޭގެ އެކި ހިސާބުތަކުގައި މިއަށްއޮތް މަޤްބޫލުކަން ދިޔައީ އިތުރުވަމުންނެވެ. މަހުގެ ބަދަލުގައި އެހެންނަމަވެސް މަހުގެ ބޭނުމުގައި ބޭނުންކުރެވެން ފެށުމުގެ ސަބަބުން ޖަނަވާރުންގެ މަސް ނުކާ ގިނަ ބަޔަކުވެސް ދިޔައީ މި ބޭނުންކުރަމުންނެވެ.

މަޤްބޫލުކަމާއިއެކު ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ބޭނުންކުރާ މަހުގެ %37 އަކީވެސް ވޭގަން މީޓަށް ވެގެންދިޔައެވެ. 2020 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މުޅި ދުނިޔޭގައި ބޭނުންކުރި މަހުގެ %11 އަކީ މިބާވަތުގެ މަހެވެ.

ވޭގަން މީޓްއަށް އޮތް މަޤްބޫލުކަން އިތުރުވަމުން ދިއުމުގެ ސަބަބުން މިހާރު މިބާވަތުގެ މަސް ހޯދުމަކީވެސް ވަރަށް ފަސޭހަކަމެކެވެ. ރެސްޓޯރަންޓްތަކުންނާއި، ފިހާރަތަކުންނާއި، ބޭކަރީތަކުން، ސްކޫލްތަކުގެ ކެއުންތަކުގައިވެސް މިބާވަތުގެ މަސް މިހާރު ލިބެންހުރެއެވެ.

ދުނިޔޭގެ ބައެއް މަޝްހޫރު ރެސްޓޯރަންޓްތަކުންވެސް ވޭގަން މީޓް ބްރޭންޑާއި ގުޅިގެން އެމީހުންގެ މެނޫތަކުގައިވެސް ވޭގަން މީޓްގެ ކެއުންތައް ވަނީ ތައާރަފްކޮށްފައެވެ. އޭގެތެރޭގައި މެކްޑޮނަލްޑާއި، ކޭއެފްސީ، ޓާކޯ ބެލް، ޕިއްޒާ ހަޓް އަދި ބަރގަން ކިންގް ފަދަ ކުންފުނިތައް ހިމެނެއެވެ.

ވޭގަން މީޓްއަށް ބަދަލުކުރަންވީ ކީތްވެ؟ އިތުރުވަމުންއަންނަ ޑިމާންޑާއިއެކު އެންމެ ގިނަ ބަޔަކު ހިތައް އަރާނީ ވޭގަން މީޓްއަށް ބަދަލުކުރަންވީ ކީތްކުރަން ހެއްޔެވެ؟ މީގެ ޖަވާބަކީ ވޭގަން މީޓްއަށް ބަދަލުކުރުމުން ޖަނަވާރު މެރުން މަދުވާނެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި އަދި އެނޫންވެސް ސަބަބުތަކާއިހެދި ޖަނަވާރުންގެ އާބާދީވެސް ދަނީ ކަންބޮޑުވާ މިންވަރަކަށް މަދުވަމުންނެވެ.

ރިއެކްޝަންސް
1
0
1
0
0
0
0