ބަނޑުހައިވުމާއި ރުޅިއައުމާއި ގުޅެނީ ކިހިނެތް؟

19 ޖުލައި 2022 - 8:48

ބަނޑުހައިވުމުން ރުޅިގަދަވުމަކީ ވަރަށް ގިނަފަހަރު ދިމާވާ ކަމެކެވެ. މިއީ ވަރަށް ގިނަ މީހުންނަށް ތަޖުރިބާވެސް ކުރެވިފައި ހުންނާނެކަމެކެވެ. ނުކައި ގިނައިރުވުމުން އެފަދަ މީހުން ރުޅިއައިސް އެހެން މީހުންނަށް އެ ރުޅި ބާލާ ފަހަރުވެސް އާދެއެވެ. ބަނޑުހައިވުމުން މިގޮތައް ރުޅި އަންނަނީ ކީތްވެގެން ހެއްޔެވެ؟

ކާތަކެތީގައި ހުންނަ ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް އަދި ފެޓާއި އެހެން މާއްދާތައް ވެސް ހަކުރު ނުވަތަ ގުލްކޯޒްގެ ގޮތުގައި ހަކަތައަށް ބަދަލުވެ އެވެ. މި ހަކަތަ ލޭގެތެއިން ހަށިގަނޑުގެ އެކި ގުނަވަންތަކާއި ޓިޝޫތަކަށް ފޯރަ އެވެ.

advertisement

ކެއުމަށް ފަހު ގިނައިރު ވަމުން ދިޔަ ވަރަކަށް، ލޭގައި ހުންނަ ނިއުޓްރިއަންޓްސްގެ މިންވަރު ވެސް ދަށްވަމުންދެ އެވެ. ގުލްކޯޒްގެ މިންވަރު ހަށިގަނޑުގައި ދަށްވުމުން އެކަން އެންމެ ސީރިއަސްކޮށް ނަގަނީ ސިކުނޑިންނެވެ. އެހެން ގުނަވަންތައް ހިންގުމަށް އެކި ބާވަތުގެ ނިއުޓްރިއަންޓްސް ބޭނުން ވާއިރު ސިކުނޑީގެ މަސައްކަތަށް ހާއްސައީ ގުލްކޯޒެވެ.

ބަނޑުގައި ވުމުން ނުވަތަ ލޭގައި ގުލްކޯޒްގެ މިންވަރު ދަށްވުމުން ބައެއް ކަހަލަ މަސައްކަތްތައް ކުރަން އުނދަގޫވާނެ އެވެ. ކަމަކަށް ސަމާލުކަން ދީގެން އިންނަން އުނދަގޫވެ އެވެ. ކުރަން ނުވާ ނުވަތަ ކުރަން ނުޖެހޭ ބައެއް ކުދިކުދި ކަންކަން ނޭނގި ކުރެވެ އެވެ. އަޑުގައި ވެސް ވަރު ދެރަ ކަމުގެ ރާގެއް އުފެދެ އެވެ.

ބަނޑުހައި ވުމުން މުޅި ހަށިގަނޑަށް އަންނަ ބަދަލާ އެކު، ސިކުނޑި ވަރަށް ބޮޑަށް “ސީރިއަސް”ވެ އެވެ. އެހެންކަމުން ފަސޭހައިން ރުޅި އާދެވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0