ކުޑަކުދިންނަށް ދުވާލެއްގެ މައްޗަށް ބޭނުންވަނީ ކިހާ ކަސްރަތެއް

19 ޖުލައި 2022 - 10:32

ކުޑަކުދިންނާއި އަދި ފުރާވަރުގެ ކުދިންގެ ހެދިބޮޑުވުމަށް ރަނގަޅު ކާނާއާއި އެއްވަރަށް ކަސްރަތުވެސް ބޭނުންވެއެވެ. ކޮންމެ އުމުރެއްގެ ކުއްޖެއްކަމުގައިވީނަމަވެސް ކޮންމެ ދުވަހަކު ކަސްރަތު ލިބޭފަދަ ކަމެއް ކުރަންޖެހެއެވެ. ކުޑަކުދިންނަށް ކަސްރަތު މުހިންމުވާ ބައެއް ސަބަބުތަކަށް ބަލާލާއިރު:

  • ހިތާއި ފުއްޕާމޭ ދުޅާހެޔޮކޮށް ހުރުން
  • ކަށިތައް ވަރުގަދަވުން
  • އުމުރާއި އެއްވަރަށް ހަށިގަނޑުގެ ބަރުދަން ބެހެއްޓުން
  • ސިއްހީ މައްސަލަތަކާއި ބައެއްކަހަލަ ބަލިތަކުން ދުރުވުން
  • މޫޑު ރަނގަޅުވެ އަމިއްލަ ނަފްސަށް އޮންނަ ޔަޤީންކަން އިތުރުވުން
  • ސްކޫލްގެ މަސައްކަތްތައް ރަނގަޅުވުން

ދަރިފުޅު ކަސްރަތުކުރުމަށް މަގުފަހިކުރުވާނީ ކިހިނެތް؟

މިހާރުގެ ކުދިންނަކީ ކަސްރަތުކުރުމާއި ދުރު ކުދިންނެވެ. ގިނަ ކުދިންނަށް އެކުދިންނަށް ބޭނުންވާ މިންވަރަށް ކަސްރަތެއް ނުލިބެއެވެ. ގިނަފަހަރު ކުދިން ތިބޭނީ ގޭގައި ސްކްރީން ބެލުމުގައެވެ. ބޭރަށް ދިޔަނަމަވެސް ހެލިފެލިވެ އުޅޭ މިންވަރު ވަރަށް މަދެވެ. އެހެންކަމުން ކުދިންގެ މެދުގައި ކަސްރަތުކުރުމުގެ އާދަ އަށަގަންނަވާނީ ކިހިނެތްތޯ ބައެއް ބެލެނިވެރިން ހިތައް އަރާފާނެއެވެ. އެހެންނަމަ މިކަންކަން ކޮށްލެވިދާނެއެވެ.

advertisement
  • ދަރިފުޅުގެ އުމުރާއި އަދި މިޒާޖާއި ގުޅޭގޮތުން ކަސްރަތު ލިބޭނެ ކަމެއް އިހްތިޔާރުކުރުން
  • ކަސްރަތު ލިބޭ ކަންކަން ކުރުވުން. މިސާލަކަށް ކުއްޖާ ކޮންމެވެސް ކުޅިވަރެއްގައި ބައިވެރިކުރުވުން ނުވަތަ ޕާކެއް ކަހަލަ ތަނަކަށް ކުއްޖާ ގޮވައިގެން ގަވައިދުން ދިއުން.
  • ކުއްޖާ ގަޔާވާގޮތައް ކަންކަން މަޖާވާނެގޮތަކަށް އިންތިޒާމްކުރުން
  • ބައިސްކަލު ދުއްވުން ނުވަތަ ރަހުމަތްތެރިންނާއިއެކު ދަރިފުޅަށް ކަސްރަތު ލިބޭނެ ފަދަ ކަންކަން ހަމަޖެއްސުން

ދަރިފުޅުގެ އުމުރާއި ގުޅޭގޮތައް ކަސްރަތުކުރުވަންވީ ކިހާވަރަކަށް؟

އުމުރުން 0 މަހާއި 12 މަހުގެ ކުދިން

މިކުދިން ދުވާލުގެ ގިނަ ވަުތުތަކުގައި އެކްޓިވް ވާނެއެވެ. ދުވާލުގެ 30 މިނެޓް ބަނޑަށް ކަސްރަތުލިބޭ ކޮންމެވެސް ކަމެއް ކުރުވަންވާނެއެވެ.

1 އަހަރާއި 2 އަހަރު

މި އުމުރުގެ ކުދިންނަށް ދުވާލުގެ 120 މިނެޓް ކަސްރަތު ބޭނުންވާނެއެވެ. ކުއްޖާއަށް އައު ކަންތައްތައް ދަސްވާނެފަދަ ކަންކަން ކުރުވާށެވެ.

3 އަހަރާއި 4 އަހަރު

އެންމެ މަދުވެގެން ބުންވަރު އިތުރުވާކަހަލަ ކަސްރަތު 60 މިނެޓަށް ކުރަންވާނެއެވެ. އެގޮތުން މިއުރުފުރާގެ ކުދިން ލައްވާ ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ހިނގުން، ދުވުން، ކުޅުން، ނެށުން، ބޯޅަ އުކާ ހިފުން ކަހަލަ ކަންތައްތައް ކުރެވިދާނެއެވެ.

5 އަހަރާއި 9 އަހަރު

ކޮންމެ ދުވަހަކު 60 މިނެޓް ކަސްރަތުކުރަންވާނެއެވެ. އަދި ހަފްތާއަކު 3 ފަހަރު ކުދިން ލައްވައި ދާހިތްލާ ކަހަލަ ކަސްރަތު ލިބޭ ކަންކަން ކުރުވަންވާނެއެވެ. މީގެތެރޭގައި ގިނައިރު ވަންދެން ދުވުން އަދި ފެތުން ފަދަ ކަސްރަތު ހިމެނެއެވެ. އަދި ހަފްތާއަކު 3 ފަހަރު މަސްތަކާއި އަދި ކަށިތަކަށް ކަސްރަތު ލިބޭފަދަ ކަސްރަތުކުރުވަންވާނެއެވެ.

12 އަހަރާއި 12 އަހަރު

ކޮންމެ ދުވަހަކު 60 މިނެޓް ހެލިފެލިވެ އުޅޭ ކަމެއް ކުރުވަންވާނެއެވެ. އަދި ގަދަޔަށް ކަސްރަތުލިބޭ ފަދަ ކަމެއް ހަފްތާއަކު 3 ދުވަހުކުރުވަންވާނެއެވެ. އުމުރުން 13 އަހަރާއި 17 އަހަރުގެ ކުދިންނަށްވެސް މިމިންވަރަކަށް ކަސްރަތު ލިބުމުން ފުދޭނެއެވެ. އެ އުމުރުގެ ކުދިން ލައްވާ ކުރެވިދާނެ ކަސްރަތުތަކުގެ ތެރޭގައި ދުވުން، ބައިސްކަލު ދުއްވުން، ގޭތެރޭގެ މަސައްކަތް ކުރުވުން، ކުޅިވަރު ކުޅުވުން އޭގެތެރޭގައި ފުޓުބޯޅަ، ބާސްކެޓް ބޯޅަ ފަދަ ކުޅިވަރު ކުޅެވިދާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0