ސޯޝަލް މީޑިއާއަށް ދެވިހިފާފަ ހުރިކަން ދެނެގަންނާނީ ކިހިނެތް؟

20 ޖުލައި 2022 - 10:34

އިނގިރޭސިވިލާތުގައި ކޮށްފައިވާ ދިރާސާއެއްގައި ބުނާގޮތުން އެ ޤައުމުގެ ބޮޑެތި މީހުންގެ ކޮންމެ މީހަކު އެންމެ މަދުވެގެން ސޯސަލް މީޑިއާގެ ކޮންމެވެސް 1 ޕްލެޓްފޯމެއް ބޭނުންކުރެއެވެ. 18 އަހަރުން މަތީގެ އާބާދީގެ %70 މީހުން ސޯޝަލް މީޑިއާ ބޭނުންކުރެއެވެ. އަދި ފުރާވަރުގެ އުމުރުފުރާގައި މި އިންސައްތަ އުޅެނީ މިއަށްވުރެންވެސް މަތީގައެވެ.

ރާއްޖޭގެ އާބާދީގެ ގިނަ މީހުންވެސް ސޯސަލް މީޑިއާ ބޭނުންކުރެއެވެ. ސޯސަލް މީޑިއާ ބޭނުންކުރާއިރު ބައެއް މީހުންނަށް ކުރަން ނޭންގޭ ކަމަކީ ސޯސަލް މީޑިއާއާއި ދިރިއުޅުމާއި ބެލެންސް ކުރަން ނޭންގުމެވެ. މީގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންކަމަށް ބުރޫ އަރާފަހަރު އާދެއެވެ.

advertisement

ސޯޝަލް މީޑިއާއަށް ދެވިހިފުމަކީ ކޮބާ؟

ސޯޝަލް މީޑިއާއަށް ދެވިހިފުމަކީ ނަފްސާނީ ބައްޔެއްކަން ވަނީ ދެނެގަނެވިފައެވެ. އަދި މާގިނައިން ސޯސަލް މީޑިއާ ބޭނުންކުރާ މީހުންނަށް އެހީތެރިކަން ބޭނުންވާކަމަށްވެސް ވަނީ ހޯދިފައެވެ. ސޯޝަލް މީޑިއާއަށް ދެވިހިފާފައިވާ ކަމުގެ ބައެއް ނިޝާންތަކުގެ ތެރޭގައި:

 • ސޯޝަލް މީޑިއާގެ ސަބަބުން މީހާގެ މަސައްކަތާއި، ކިޔެވުމާއި އާންމު ދިރިއުޅުމަށް އަސަރުކުރުން.
 • ސޯޝަލް މީޑިއާގެ ސަބަބުން މީހާގެ ވެލްބީންއަށް އަސަރުކުރުން. މިސާލަކަށް ނިދި ގެއްލުން ނުވަތަ ނިދި މަދުވުން.
 • ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު މަދުކުރަން ބޭނުންނުވުން
 • ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ދުވަހަކުން ދުވަހަކަށް އިތުރުވުން
 • ސޯޝަލް މީޑިއާއަށް ވިސްނުމަށް ގިނަ ވަގުތު ހޭދަކުރުން
 • ސޯޝަލް މީޑިއާ ބޭނުންނުކުރެވުމުން މީހާއަށް އުނދަގޫވުން

ސޯސަލް މީޑިއާގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރަނީ ކިހިނެތް؟

 • ޑިޕްރެޝަންއަށްދިއުން
 • އަމިއްލަ ނަފްސާއިމެދު އޮންނަ ޔަޤީންކަން ކުޑަވުން – މިކަން ދިމާވަނީ ސޯޝަލް މީޑިއާއިން ފެންނަ އެކި މީހުންނާއި ތިމާއާއި އަޅާކިޔުމުގެ ސަބަބުން.
 • އެންޒައިޓީ
 • ގުޅުންތަކަށް ބުރޫއެރުން – ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން މީހާގެ އަމިއްލަ ދިރިއުޅުމުގެ ގުޅުންތަކަށް ބުރޫއަރައެވެ.
 • ސްޓްރެސްވުން
 • އެހެންމީހުންނާއި އެކަހެރިވެ އުޅުން
ރިއެކްޝަންސް
0
0
0
0
0
0
0