ވިނަރެސް ފްލެޓްތަކަށް ފޯމު ހުށައެޅުމުގެ ފުރުސަތު ސެޕްޓެމްބަރ މަހުގެ ނިޔަލަށް

20 ޖުލައި 2022 - 11:18

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތް ކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫޢުއިން އެޕާރޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

މި އެޕާޓްމެންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2022 ގެ 12:00 ގެ ކުރިން (https://my.hdc.com.mv/) މެދުވެރިކޮށް އޮންލައިން ފޯމު ހުށައެޅުމަށް އެޗްޑީސީން އެދިފައިވިއެވެ.

އަދި ފޯމު ހުށަހެޅުމަށް އޮންލައިން ޕޯޓަލްއަށް ލޮގިން ކުރެވޭނީ އީ-ފާސް މެދުވެރިކޮށް ކަމަށްވެސް އެކޯޕަރޭޝަނުން މައުލޫމާތުދެއްވި އެވެ.

ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރުއްވާ:
https://my.hdc.com.mv/

މިކަމާ ބެހޭ އިތުރު މައުލޫމާތު: https://hdc.com.mv/announcements/vinares2/

ރިއެކްޝަންސް
0
0
0
0
0
0
0