ލޭހަދިޔާ ކުރާ ފަރާތްތަކަށް ކޮންމެހެން އިނގެންޖެހޭ މައުލޫމާތު

ދިވެހި
July 21, 2022

ލޭހަދިޔާ ކުރުމަކީ އިންސާނެއްގެ ފުރާނަ ސަލާމާތްކޮށްދިނުމަށް ކުރެވޭނެ އެންމެ މާތް އެއް މަސައްކަތެވެ. ލެޔަކީ އެ ހަދިޔާ ކުރާ ފަރާތުން ހަދިޔާ ކުރުމުން މެނުވީ އެ ބޭނުންވާ ފަރާތައް ލިބޭނެ އެއްޗެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް އެތައް ބަޔަކަށް ލޭބޭނުންވެއެވެ

ލޭއަޅާ ކުދިންނާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނާއި އަދި އެނޫންވެސް ސިއްހީ ސަބަބަކާއިހުރެ ލޭއަޅަންޖެހޭ މީހުން ގިނައެވެ. އެހެންކަމުން މި ފަރާތްތަކަށް ލޭލިބޭނެ ހަމައެކަނި ގޮތަކީ ކޮންމެވެސް މީހަކު ލޭހަދިޔާ ކުރުމެވެ.

ޤަވައިދުން ލޭދޭމީހުން މަދުން ނަމަވެސް އަހަރެމެންގެ ތެރޭގައި އުޅެއެވެ. ނަމަވެސް ލޭދޭން ނުކެރޭ ނުވަތަ ފަސްޖެހޭ މީހުން މަދުން ނަމަވެސް އުޅެއެވެ. ލޭދޭއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހުރެއެވެ. އޭގެތެރޭގައި:

  • ލޭހަދިޔާ ކުރަން ދާއިރު ހުސްބަނޑާ ހުރެގެން ނުވާނެ
  • ނާސްތާއެއް ނެގުމަށްފަހުގައި ލޭދެވޭނީ 1 ގަޑިއިރު ފަހުން
  • ނާސްތާއެއް ނެގުމަށްފަހު 4 ގަޑިއިރަށްވުރެ ގިނައިރު ވެފައިވާނަމަ ލޭހަދިޔާ ކުރެވޭނީ ކޮންމެވެސް ލުއިކާނާއެއް ކެއުމަށްފަހު 30 މިނެޓް ފަހުން.
  • ލޭހަދިޔާ ކުރަން އަންނައިރު އަނގައިގައި އެއްވެސް ކާއެއްޗެއް ހުރެގެން ނުވާނެ. މިސާލަކަށް ދުފާއެއްޗެއް، ސުޕާރިއެއް ނުވަތަ ޗުއިންގަމެއް.
  • ލޭހަދިޔާކުރަން އައުމުގެ 30 މިނެޓް ކުރިން ދުންފަތުގެ އިސްތިއުމާލު ކޮށްގެން ނުވާނެ.
ރިއެކްޝަންސް
0
0
0
0
0
0
0