ގޭސްއުނދުން ބަންދުކޮށްފައި ހުއްޓަސް އޭގެ ސަބަބުން ވިހަ މާއްދާތައް ބޭރުވޭ

23 ޖުލައި 2022 - 9:40

ގޭތެރޭގައި ކައްކަން ބޭނުންކުރާ ގޭސްއުނދުން ބޭނުންކުރާނަމަ އޭގެ ސަބަބުން ބަދިގެއަށާއި އަދި ޖައްވަށް ވިހަ މާއްދާތައް ބޭރުވެ ޕޮލިއުޓްވާކަން އަހަރެމެން އެންމެނަށްވެސް އިނގެއެވެ. ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ގޭސްއުނދުން ޖައްސާފައި ހުއްޓަސް އަދި ނިއްވާލާފައި ހުއްޓަސް އޭގެ ސަބަބުން ޖައްވަށް ވިހާ މާއްދާތައް ބޭރުވެއެވެ. ގޭސް އުނދުނުން އަބަދުވެސް މީތޭން ޖައްވަށް ބޭރުވާކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

އެންވަޔަރަމަންޓް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޖާނަލްއެއްގައި ބުނެފައިވަނީ ޖައްވަށް ބޭރުވާ މީތޭންގެ އަދަދު ކަންބޮޑުވާ މިންވަރެއްގައި ހުރިކަމަށެވެ. ގުދުރަތީ ގޭސް ސިނާއަތުން ޖައްވަށް ބޭރުވާ މީތޭންގެ މިންވަރު އަބަދުވެސް އުޅެނީ ވަރަށް މަތީގައެވެ.

advertisement

ބޮސްޓަންއިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ޕައިޕްލައިން ލީކްވެގެން ޖައްވައް ގިނަ އަދަދެއްގެ މީތޭން ބޭރުވާކަމަށެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން އިނގޭގޮތުގައި މިގޮތައް ޕައިޕްލައިންތަކުން ބޭރުވާ މީތޭންއާއި އެއްވަރަކަށް ގޭގައި ބޭނުންކުރާ ގޭސް އުނދުނުންވެސް ޖައްވަށް މީތޭން ބޭރުވާކަމަށެވެ.

މިކަމާއި ގުޅޭގޮތުން ސްޓެންފޯޑްގެ ސައިންޓިސްޓެއްކަމަށްވާ ރޮބާޓް ޖެކްޝަން ވަނީ ހޯދުންތަކެއް ހޯދާފައެވެ. މި ހޯދުމުން ދައްކާގޮތުގައި ގޭސްއުނދުން ޖައްސާފައި ހުންނައިރު ބޭރުމާ މީތޭންގެ އަދަދު އިތުރެވެ. ނަމަވެސް ގޭސްއުނދުން ނިއްވާލާފައި ހުރުމަކީ އަދި މިކަމަށް ލިބޭ ހައްލެއް ނޫނެވެ. ނިއްވާލާފައި ހުރިނަމަވެސް މީތޭން ބޭރުވެއެވެ. މި ދިރާސާގައި ހޯދިފައިވާގޮތުގައި ގެސްއުނދުނުން ބޭރުވާ މީތޭންގެ 3 އިންސައްތަ ބޭރުވަނީ އުނދުން ނިއްވާލާފައި ހުންނައިރުއެވެ. މީތޭންއަކީ އިންސާނާގެ ސިއްހަތައްވެސް އޭގެ ސަބަބުން ގެއްލުން ލިބޭ އެއްޗެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0