ވެލިގާގެ ފެންޓަސީ ޕްރިމިއަރ ލީގު 2022/23 ފަށައިފި

24 ޖުލައި 2022 - 8:09

ފުޓުބޯޅައަށް ލޯބިކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ވެލިގާ އިން އަގުހުރި އިނާމުތަކާއިއެކު މި ފުޓުބޯޅަ ސީޒަނަށް ފެންޓަސީ ޕްރިމިއަރ ލީގު ފަށައިފި އެވެ.

ވެލިގާއިން މައުލޫމާތުދެއްވާ ގޮތުގައި މި ލީގުގައި ދިވެހިންނާއި އަދި ރާއްޖޭގައި މަސައްކަތްކުރައްވާ ބިދޭސީ މަސައްކަތްތެރިންނަށްވެސް ބައިވެރިވެވޭނެ އެވެ.

މި ލީގުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ލީގުގެ ކޯޑު (5j7lm2) ބޭނުންކޮށްގެން ބައިވެރިވެވޭނެ އެވެ.

އަދި ހަމަ އެހެންމެ އޮޓޯ ލިންކް ބޭނުންކޮށް ބައިވެރިވެވޭނެ އެވެ

ވެލިގާއިން ދޭ އަގުހުރި އިނާމުތައް:

  • ކޮންމެ މަހަކުވެސް އެއްވަނަށް ހޮވޭ މެނޭޖަރަކަށް 3،000 ރުފިޔާގެ ގިފްޓް ވައުޗަރެއް
  • މުޅި މުބާރާތުން 1 ވަނަ ލިބޭ ފަރާތަކަށް 50،000 ރުފިޔާގެ ގިފްޓް ވައުޗަރެއް
  • އިތުރު 10 ފަރާތަކަށް 2،000 ރުފިޔާގެ ގިފްޓް ވައުޗަރެއް

ނިމިގެން ދިޔަ ފުޓުބޯޅަ ސީޒަނަށް ވެލިގާއިން ކުރިއަށް ގެންދިޔަ އެފް.ޕީ.އެލް 2021/22 އަށް ވަނީ ރާއްޖޭގެ އެފް.ޕީ.އެލް ކޮމިއުނިޓީގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިކަމަށް ވެލިގާއިން ހާމަކުރެއްވި އެވެ. އެގޮތުން 12،000 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިކަމަށް ވެލިގާއިން މައުލޫމާތުދެއްވި އެވެ.

ވެލިގާއިން ވިދާޅުވަނީ، މި ފަދަ ފެންޓަސީ ލީގެއް ކުރިއަށް ގެންދިޔުމުގެ މަގުސަދަކީ ވެލިގާގެ ކަސްޓަމަރުންގެ މެދުގައި މަގުބޫލު މުބާރާކަށް ވުމާއެކު ކަސްޓަމަރުންނާއި އޮން ގުޅުން އިތުރަށް އާލާކޮށް ހަރުދަނާކުރުމަށް ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0