ގޭގައި ގެންގުޅޭ ސާމާނު އާންމުކޮށް ކިތައް އަހަރު ބޭނުންކުރެވޭނެ؟

24 ޖުލައި 2022 - 13:18

ގޭގައި ހިފާގެންގުޅޭ ތަކެތި އަބަދު ހަލާކުވެ، އާކުރަން ޖެހޭ ނަމަ އެއީ ޖީބަށް ބުރަ ބޮޑުވާނެ ކަމެކެވެ. އެހެންވެ، ގޭތެރެއަށް ސާމާނު ގަންނަ އިރު އެ އެއްޗެއްގެ ކޮލިޓީ އާއި އެތަނަކުން ދޭ ގެރަންޓީއެއް ބެލުމަކީވެސް މުހިއްމު ކަމެކެވެ.

ގެއަށް ފްރިޖާއި ދޮންނަމެޝިނާއި އަވަނާއި އަދި މި މި ނޫން ވެސް އެކި ކަހަލަ ގެވެހި ސާމާނު ގަންނަ އިރު، ބަލަންވާނީ ގިނަ ދުވަހަށް ބޭނުން ކުރެވޭ ކަހަލަ އެއްޗެއްސަށެވެ. ބަލައިގެން ގެންގުޅޭ ނަމަ ކޮންމެ އެއްޗަކީ ވެސް ގިނަ ދުވަހަށް ބޭނުންކުރެވިދާނެ އެއްޗެއްސެވެ.

advertisement

އިނގިރޭސިވިލާތުގައި ހަދާފައިވާ ދިރާސާއަކުން ވަނީ އާންމުކޮށް ގޭގައި ބޭނުންކުރާ މުހިއްމު އެކި ކަހަލަ އެއްޗެއްސަށް ކިހާ މުއްދަތެއް ބޭނުންކުރެވޭނެތޯ ހެދުމަށް އަންދާޒާކޮށް ދިރާސާއެއް ކޮށްފައެވެ.

ދިރާސާ އިން ދައްކާ ގޮތުގައި ފްރިޖަކީ މާ ބޮޑު މައްސަލައެއް ނުޖެހި އެވްރްޖެކޮށް 7 އަހަރާއި 10 ވަރަކަށް މަސް ދުވަހަށް ބޭނުން ކުރެވޭނެ އެއްޗެކެވެ. އާދައިގެ ޓޯސްޓަރަކުން މައްސަލައެއް ދިމާނުވެ ހައެއްކަ އަހަރު ބޭނުން ކުރެވޭނެ އެވެ. ސައި ކައްކާ ކުރަ އަކީ ވެސް ފަސް އަހަރާއި ހަތަރު ވަރަކަށް މަހަށް ބޭނުން ކޮށްލެވިދާނެ އެއްޗެއްކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

އާންމުކޮށް ގިނަ ގޭގައި އަވަނަކީ ވަރަށް ގިނައިން ބޭނުންކޮށް އުޅޭނެ އެއްޗެކެވެ. އިނގިރޭސި ދިރާސާ އިން ދައްކާ ގޮތުގައި އަވަނަކީ މައްސަލައެއް ނުޖެހި އެންމެ މަދުވެގެން ވެސް އަށް އަހަރާއި ތިން ވަރަކަށް މަހަށް ބޭނުން ކުރެވޭނެ އެއްޗެކެވެ.

ގޭތެރޭގައި އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކަށް ދޮންނަ މެޝިންވާނެއެވެ. ދިރާސާގައި ބުނެފައިވާގޮތުގައި ހަފުތާއަކު އެއް ފަހަރު އެއްޗެހި ދޮވުނަސް ދޮންނަ މެޝިން ހަތް އަހަރާއި ދެ މަހެއްހާ ދުވަހަށް މާ ބޮޑު މައްސަލައެއް ދިމާނުވެ ބޭނުން ކުރެވޭނެ އެވެ.

ގޭގައި ބޭނުންކުރާ މައިކްރޮވޭވް އަވަނަކީ އެވްރެޖްކޮށް ހަތް އަހަރު ވަންދެން ބޭނުން ކުރެވޭނެ އެއްޗެކެވެ. ޓީވީ އަކީ ޔަގީނުން ވެސް ގިނަ ގޭގައި ކޮންމެ ދުވަހަކު އެންމެ ގިނައިން ބޭނުންކުރާ އެއްޗަށް ވާނެ އެވެ. އެގޮތުން ދުވާލަކު ހަތަރު ފަސް ގަޑިއިރަށް ޓީވީ ބޭނުންކުރާ ނަމަ މައްސަލައެއް ދިމާނުވެ ޓީވީއެއް އެވްރެޖްކޮށް 7 އަހަރާއި 10 މަހެއްހާ ދުވަހަށް ބޭނުން ކޮށްލެވޭނެ އެވެ.

ފާހާނާގައި ހުންނަ ތަކެއްޗަށް ބަލާ އިރު އިސްކުރުތައް ބަދަލު ކުރަން ނުޖެހި 10 ވަރަކަށް އަހަރު ބޭނުން ކުރެވިދާނެ އެވެ. އެކަމަކު ފެނުގެ ކޮލިޓީއާ ހެދި އެ އެއަށް ވުރެ އަވަހަށް އިސްކުރު ފަދަ އެއްޗިއްސަކީ ބައެއް މީހުން އަވަހަށް ބަދަލުކުރާ އެއްޗިއްސެވެ.

ދީރާސާ އިން ފާހަގަ ކުރެވުނު ގޮތުގައި ގިނަ މީހުންނަކީ އެއްޗެއްގައި މައްސަލައެއް ޖެހިގެން އާ ކުރުމުގެ ކުރިން މަރާމާތު ކުރެވޭތޯ ބަލާ މީހުންނެވެ. އަދި އެއްޗެއް ހޯދަން ގިނަ މީހުން ވިސްނަނީ އެ އެއްޗެއް މަރާމާތު ނުކުރެވޭނެ ކަން ޔަގީންވާ ހިސާބުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0