މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

24 ޖުލައި 2022 - 17:52

ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ 75 އިންސައްތަ ނިމިއްޖެ

ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 އިންސައްތަ ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް 23 ޖުލައި 2022 ވަނަ ދުވަހު ވަނީ ފެށިފައި ކަމަށްވެސް އެމްޓީސީސީން ވިދާޅުވި އެވެ.

advertisement

މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުން މަޖިލީހުން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ދެވަނަ ކުއާޓަރގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފި

ބޭންކް އޮފް މޯލްޑިވްސް އިން 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ރަނގަޅު މާލީ ނަތީޖާއެއް ހޯދައިފިއެވެ. ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި ރަނގަޅުވަމުން އަންނަ އެސެޓް ކުއަލިޓީއާއެކު ދެވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 592 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ އާ އަޅާބަލާއިރު %19 އިތުރު އަދަދެކެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ.

ފުރަތަމަ ހަމަސް ތެރޭގައި 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެވި: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 5.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރެވުނެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ނުބާއްވާނެ

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ނޯންނާނެކަމަށް ހޯމް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0