މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

26 ޖުލައި 2022 - 16:38

މިނިވަން މުސްތަޤިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ، ދިވެހިން ރުހޭ ގޮތެއްނޫން: ރައީސުލްޖުމްހޫރިއްޔާ

މިނިވަން މުސްތަޤިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ، ދިވެހިން ރުހޭ ގޮތެއްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ދިވެހިޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

advertisement

އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ ނިމިއްޖެ

އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައި ކަމަށް އެމްޓީސީސީން ވިދާޅުވި އެވެ. އެގޮތުން ބޭރުތޮށިލުމުގެ މަސައްކަތް ފުރިހަމަކުރެވިފައިވާއިރު، ގްރޮއިން ޖެހުމުގެ މަސައްކަތް މިހަފްތާތެރޭގައި ފެށިގެންދާނެ އެވެ.

މި މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖޭ އިޝްތިހާރުކުރަނީ

ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖޭގެ ވިޒިބިލިޓީ އިތުރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ޓްރެވަލް ޑެއިލީ މީޑިއާއާއެކު ކެމްޕެއިނެއް ފަށައިފިއެވެ.

މިނިވަންކަމުގެ މަސައްކަތް ދިވެހިން ދުލެއް ނުކުރާނެ: މަޖިލިސް ރައީސް

މިނިވަންކަން ހޯދުމާއި ދެމެހެއްޓުމަށް ދިވެހިން ކުރާ މަސައްކަތް ދޫނުކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

“ލައިފް ޤުރުއާން މުބާރާތް 1443” ގައި އައްސޭރި ޖަލުގެ 7 ޤައިދީން ބައިވެރިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގެ ބެލުމުގު ދަށުގައިވާ ޤައިދީންތަކުގެ ތެރެއިން، ހަތް ޤައިދީން “ލައިފް ޤުރުއާން މުބާރާތް 1443” ގައި ބައިވެރިވެއްޖެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0