މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

30 ޖުލައި 2022 - 16:22

ޢަޒުމަކަށް ހަދަންވީ އިސްލާމްދީނުގެ މަތިވެރި ޢަޤީދާއަށް ގުޑުމެއް އެރިޔަނުދިނުން: ރައީސް

ހިޖްރައިގެ ޛިކުރާ އައުކުރާއިރު، އެންމެ ފުރަތަމަ ޢަޒުމަކަށް ހަދަންވީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމް ދީނުގެ މަތިވެރި ޢަޤީދާއަށް ގުޑުމެއް އެރިޔަނުދިނުމަށާއި، އިސްލާމީ ރިވެތި އަޚްލާޤާއި ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ތިބުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހިޖްރީ އައު އަހަރު ފެށުމުގެ މުނާޞަބާގައި ދިވެހިރައްޔިތުންނަށް ފޮނުއްވި ތަޙުނިޔާގެ ޚިޠާބުގައެވެ.

ހއ.ހޯރަފުށީގައި ޖުވެނައިލް ޖަސްޓިސްގެ ހާފްވޭހައުސްއެއް އަޅައިފި

މިނިސްޓަރ އިމްރާން އަބްދުﷲ ހއ.ހޯރަފުށީގައި އިމާރާތް ކުރާ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ހާފްވޭހައުސްގެ ބިންގާ އަޅުއްވައި ދެއްވައިފި އެވެ.

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ނެރެފި އެވެ.

ވެރިކަމަށް އަރައި މީހަކަށް އަނިޔާއެއް ދެވުނު ނަމަ މާފަށް އެދެން: ވަހީދު

ކުރީގެ ރައީސް ވަހީދު ވެރިކަމަށް އައިރު، އެ މަނިކުފާނަށާއި އާއިލާ އަށް އަނިޔާވެރި ބަސްތައް ރައްދުކުރި އެންމެނަށް ވެސް މާފުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ 25 އެއަރލައިނެއް ރާއްޖޭގައި އޮޕަރޭޓްކުރޭ

ބައިނަލްއަޤްވާމީ 25 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0