ޖަންކް ފުޑް ކެއުމާއި ދަރިމައިނުވުމާއި ހުރި ގުޅުން

3 އޯގަސްޓް 2022 - 11:20

ދަރިން ނުލިބި އެކަމުގައި އުޅެންޖެހިފައިވާ މީހުން މިއަދު އަހަރެމެންގެ މުޖްތަމައުގައި ވަރަށް ގިނައެވެ. ދަރިން ލިބުމަށް ހުރަސްއެޅިދާނެ ނުވަތަ އުނދަގޫ ވެދާނެ ކަންތައްތައް ގިނަކަމަށް ހޯދުންތަކުން ދައްކައެވެ. އެގޮތުން ފަހުގެ ހޯދުމެއްގައި ބުނެފައިވަނީ ޖަންކް ފުޑަށ ދެވިހިފުމަކީ މާބަނޑުވުން ލަސްކުރުވާ ނުވަތަ އެކަމަށް ކުރިމަތިވާ ހުރަހެއްކަމަށެވެ.

ދިރާސާގައި ބުނެފައިވަނީ އަލަށް ދަރިއަކު ހޯދަން ޕްލޭންކުރާ އަންހެނުން ޖަންކް ފުޑާ ދުރުވުން ވަރަށް މުހިއްމު ކަމަށެވެ. އަދި ޖަންކް ފުޑަކީ ފަލަވުމާއި އެ ނޫން ވެސް ސިއްހީ ގިނަ މައްސަލަތަކެއްގެ ތެރެއަށް މީހާ ހުށަހެޅި ދާނެ ކަމެކެވެ. އެހެންކަމުން މިފަދަ ކެއުންތަކުން ދުރުވެ މެވާއާއި ތަރުކާރީ ކެއުމަށް ސަމާލުވުމަށް ވަނީ ބުނެފައެވެ.

advertisement

ދިރާސާ ގައި ބުނެފައިވަނީ ދުޅަހެޔޮ ޑައިޓަކަށް އަންހެނުން ސަމާލު ނުވާ ނަމަ، ދަރިމައިނުވުމުގެ ބިރު އެބަ އޮތެވެ. އަދި ހަފުތާއަކު ހަތަރު ދުވަހު ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ޖަންކް ފުޑް ކެވޭ ނަމަ އެއީ ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށާއި އެއީ އާދައަކަށްވެއްޖެ ނަމަ ބަލިވެއިނުމުގެ ފުރުސަތު 41 ޕަސަންޓަށް ދަށްވާ ކަމަށް ބުނެފައިވެ އެވެ.

ރިއެކްޝަންސް
0
1
0
2
0
0
1