އުރީދޫއިން ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗު ތަޖުރިބާކޮށްލަން ހަތަރު ކަސްޓަމަރުންނަށް ފުރުސަތު

3 އޯގަސްޓް 2022 - 11:32

އުރީދޫ މޯލްޑިވްސް އިން، އެ ކުންފުނީގެ ވޯލްޑް ކަޕް ފޯރީ 2022 ކެމްޕެއިންގެ ދަށުން ހަތަރު ނަސީބުވެރި  ކަސްޓަމަރަކަށް ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ހާއްސަ ލަކީ ޑްރޯއެއް ތައާރަފްކޮށްފިއެވެ. މި ހާއްސަ ލަކީ ޑްރޯ ކުރިއަށް ދާނީ 2 އޯގަސްޓް އިން 31 އޮކްޓޫބަރު 2022 ގެ ނިޔަލަށެވެ. މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ހޮވާ އިޢުލާން ކުރަން ރާވާފައިވަނީ 10 ނޮވެންބަރު 2022 ގައި ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. ސެމީ ފައިނަލް ބަލާލުމުގެ ފުރުސަތު ގެ އިތުރުން ލަކީ ޑްރޯގެ ބައިވެރިންގެ ތެރެއިން ކޮންމެ ހަފްތާއަކު ވެސް ވޯލްޑް ކަޕް މާޗެންޑައިޒް އާއި އެހެންވެސް އިނާމުތައް އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރި ލަކީ ޑްރޯ އިއުލާނުކޮށްފައިވަނީ އެ ކުންފުނީގެ 17 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ބޭއްވި ހާއްސަ ފުޓްބޯޅަ އިވެންޓެއްގަ އެވެ. މި ހަރަކާތް ފައްޓަވައިދެއްވީ ރާއްޖޭގެ ނައިބު ރައީސް އަލްފާޟިލް ފައިސަލް ނަސީމް ގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އަލްފާޟިލް ޚާލިދު އަލްޙަމާދީއެވެ.

advertisement

ހެންވޭރު ދަނޑީގައި މިއަދު ހަވީރު ބޭއްވުނު މި ޚާއްސަ ޙަފްލާގައި، ފިޔަވަތިގެ 50 ކުދިން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ 5 މެންބަރުންނާ އެކު ފުޓުބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ވަނީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ހުޅުވާލައިފައެވެ. ސުޕަރނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ޕްރީޕެއިޑް ރީޗާރޖް ކުރައްވާ ކަސްޓަމަރުން، އުރީދޫ ބިލް ޕޭމަންޓް، އާ ޕްލޭނަކަށް އަޕްގްރޭޑް ކުރުން ނުވަތަ ސަބްސްކްރައިބް ކުރުން، މޫލީ މެދުވެރިކޮށް ޝޮޕިންގ ކުރުން ނުވަތަ ޕްރޮމޯޝަނަލް ޕީރިއަޑްގައި އެމް-ފައިސާ ގެ ޚިދުމަތް ބޭނުން ކުރުން ފަދަ އަޅުގަނޑުމެންގެ ޚިދުމަތްތައް އަމަލީ ގޮތުން ބޭނުން ކުރައްވާ ހުރިހާ އުރީދޫ ކަސްޓަމަރުންވެސް، މި ނަސީބުވެރި ލަކީ ޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކުން ވެގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅިވަޑައިގަންނަވާ ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި ބައިވެރިވެ، ފޯރިގަދަ އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރީ ލަކީ ޑްރޯ އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ore.do/worldcup2022 ޒިޔާރަތް ކޮށްލައްވާށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0