މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
August 3, 2022
ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި
ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިhttps://t.co/DqtxNdRbhN pic.twitter.com/MQxEYlYE2i— Maldives Police (@PoliceMv) August 3, 2022
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
މިތަކެތި ނައްތާލާފައިވަނީ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައެވެ.
ހދ. ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފި
We have completed asphalt laying works for Hdh. Hanimaadhoo Road Development Project. In this regard, we completed asphalt laying works on 46,466 sqm. #MTCCProjects #RayyithungeKunfuni pic.twitter.com/Xga1GLWXRe— MTCC Plc (@MTCCPlc) August 3, 2022
ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. މިގޮތުން، 46,466 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ކުރެވިފައި ކަމަށް ވެސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، 16,518 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، 38,916 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 76.09 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ
ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ pic.twitter.com/9IBjICJpTy— Ministry of Islamic Affairs (@MVIaffairs) August 3, 2022
ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 16 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ.
އެންވަޔަރަމެންޓް މިނިސްޓަރ ށ.ޅައިމަގު ކައުންސިލާއި މިއަދު ބައްދަލުކުރައްވައިފި
މިނިސްޓަރ އާމިނަތު ޝައުނާ ށ.ޅައިމަގު ކައުންސިލާއި މިއަދު ބައްދަލުކުރައްވައި އެރަށަށް ދިމާވެފައިވާ ކުނީގެމައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި. pic.twitter.com/3ocEMniffl— Min. of Environment, Climate Change and Technology (@MoEnvmv) August 3, 2022
މިނިސްޓަރ އާމިނަތު ޝައުނާ ށ.ޅައިމަގު ކައުންސިލާއި މިއަދު ބައްދަލުކުރައްވައި އެރަށަށް ދިމާވެފައިވާ ކުނީގެމައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ނ.ފޮއްދޫ ސްކޫލުގައި އިތުރު 04 ކްލާސްރޫމެއް އިމާރާތް ކުރަނީ
ނ.ފޮއްދޫ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން. މި މަސައްކަތް ހަވާލުކުރީ 4,753,918.54ރ އަށް، 110 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ. pic.twitter.com/dpQ7hSDbYK— Ministry of Education (@MoEdumv) August 3, 2022
ނ.ފޮއްދޫ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި އެވެ. މި މަސައްކަތް ހަވާލުކުރީ 4,753,918.54ރ އަށް، 110 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ



