އެޗްއާރުސީއެމްއަށް މިދިޔަ އަހަރު ޓޯޗަރގެ 55 މައްސަލަ ހުށައެޅި

4 އޯގަސްޓް 2022 - 8:42

ހިއުމަން ރައިޓްސް ކޮމިޝަނަށް މިދިޔަ އަހަރު ޓޯޗަރގެ 55 މައްސަލައެއް ހުށައަޅާފައިވާކަމަށް އެ ކޮމިޝަންގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ. މީގެތެރޭގައި 18 އަހަރުން ދަށުގެ ކުދިންނާއި ގުޅުންހުރި މައްސަލަތައްވެސް ހިމެނެއެވެ.

އެޗްއާރުސީއެމްއަށް މިދިޔަ އަހަރު ހުށައަޅާފައިވާ ޓޯޗަރގެ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު:

 • ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާކުރިކަމަށް ބުނެ ހުށައަޅާފައި ހުރި މައްސަލަތައް – 11 މައްސަލަ
 • ހައްޔަރުކުރުމުގެ ތެރޭގައި ނަފްސާނީ އަނިޔާކުރިކަމަށް ބުނެ ހުށައަޅާފައި ހުރި މައްސަލަތައް – 2 މައްސަލަ
 • ކަސްޓޯޑިއަލްއެއްގައި އަނިޔާކުރިކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަތައް – 15 މައްސަލަ
 • ކަސްޓޯޑިއަލްއެއްގައި ނަފްސާނީ އަނިޔާކުރިކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަތައް – 1 މައްސަލަ
 • އެހެން އެއްވެސް މީހަކާއި އިންސާނީ އެއްވެސް މުއާމަލާތެއް ނުހިނގާގޮތައް އެހެން އެއްވެސް މީހަކު ނުފެންނާނެގޮތައް ބަންދުގައި ބެހެއްޓުން – 1 މައްސަލަ
 • ޖަލެއްގައި އަނިޔާކުރިކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަތައް – 6 މައްސަލަ
 • ޖަލެއްގައި ނަފްސާނީ އަނިޔާކުރިކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަތައް – 4 މައްސަލަ
 • ޕޮލިސް ސްޓޭޝަނެއްގައި ޖިސްމާނީ އަނިޔާކުރިކަމަށް – 5 މައްސަލަ
 • ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބާފައިތިބޭ ތަންތަނުގައި އަނިޔާކުރި މައްސަލަތައް (ކުޑަކުދިންގެ ހިޔާ) – 5 މައްސަލަ
 • ތަހުގީގުގައި  ސުވާލުކުރުމުގެ ތެރޭގައި ނަފްސާނީ އަނިޔާކުރިކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ – 1 މައްސަލަ
 • މުޒާހަރާ / އިހްތިޖާޖެއް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި އަނިޔާކުރިކަަމަށް ބުނެ – 2 މައްސަލަ
 • ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ޒަހަމްތަކާއިއެކު މަރުވެފައިވާ ފަރާތުގެ މައްސަލަ – 1 މައްސަލަ
 • ދައުލަތުގެ މުވައްޒަފަކު ކުރި އަނިޔާގެ ސަބަބުން މަރުވިކަމަށް ބުނެ – 1 މައްސަލަ

ޓޯޗަރގެ މައްސަލަ ރައްދުވާ މުވައްސަސާތައް:

އެޗްއާރުސީއެމްއަށް މިދިޔަ އަހަރު ޓޯޗަރ ގެ 55 މައްސަލައެއް ހުށައަޅާފައިވާއިރު މީގެތެރެއިން ގިނަ މައްސަލަތައް ރައްދުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށެވެ. އެއީ 38 މައްސަލައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 11 މައްސަލަ، ކުޑަކުދިންގެ ހިޔާއަށް 4 މައްސަލަ، ނޭޝަނަލް ޑްރަގް އެޖެންސީއަށް 1 މައްސަލަ ރައްދުވެއެވެ.

advertisement

އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން އެ އިދާރާއިން މިދިޔަ އަހަރު ވަނީ 24 މައްސަލައެއް ނިންމާފައެވެ.

ރިއެކްޝަންސް
0
0
0
0
0
1
0