ލޭފެނުމުން ބިރުގަންނަނަމަ ހެދޭނީ ކިހިނެތް؟

6 އޯގަސްޓް 2022 - 10:52

ހިމޮފޯބިއާ ނުވަތަ ލޭފެނުމުން ބިރުގަތުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް ލޭފެންނަ އިރަށް ބިރުގަނެ ހާސްވާ މީހުންނަށް އުޅުމަކީ އެހާ ފަސޭހަކަމަކަށް ނުވެއެވެ. ސަބަބަކީ އާންމު ދިރިއުޅުމުގައިވެސް ލޭފެންނަ ހާލަތްތައް ވަރަށް ގިނައިން ދިމާވާތީއެވެ. މިސާލަކަށް އާންމު ތަނެއްގައި، އޮފީސް މާހައުލުގައި ނުވަތަ އަމިއްލަ ގޭގައިވެސް ދަރިފުޅުގެ ތަނެއް ހަލާކުވެ ލޭއަންނަ ފަދަ ހާލަތެއް ހަމަ ކުއްލިއަކަށްވެސް ދިމާވެދާނެއެވެ.

މިއީ ގިނަ އަދަދެއްގެ މީހުން ތަހައްމަލްކުރަމުންދާ ކަމެކެވެ. އެހެންކަމުން އަމިއްލަ މީހާގެ މި މައްސަލަ ހުރިނަމަ ތިމާ ތިހުރީ އެކަންޏެއްނޫނެވެ.

advertisement

ލޭފެންނަ ނަމަ ބިރުގަންނަ މީހުންނަށް ޖިސްމާނީ ގިނަ ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ މައިގަނޑު ސަބަބީ ލޭފެނުމާއިއެކު ކުއްލިއަކަށް އަނބުރާގައިގެން ވެއްޓެން މެދުވެރިވާތީއެވެ. އާންމު ގޮތެއްގައި ލޭފެނުމުން ބިރު ގަންނަ މީހުން އިންޖެކްޝަން ނުވަތަ ކަށި ޖެހުމަށްވެސް ބިރުގަނެއެވެ. މީގެ ސަބަބުންވެސް އެމީހުންނަށް ލިބޭ ޖިސްމާނީ ގެއްލުން އިތުރުވެއެވެ. އެއީ ކަށިޖަހަން އުޅުމުގެ ތެރޭގައި ތެޅި ނުވަތަ އެނޫންވެސް ގޮތެއް ހެދޭތީއެވެ.

އާންމުގޮތެއްގައި ލޭދެކެ ބިރުގަންނަން ދިމާވަނީ ކުޑައިރު ނުވަތަ އޭގެ ފަހުން ނަމަވެސް ލޭފެނި ކޮންމެވެސް ބިރުވެރި ހާދިސާއެއް ހިނގާފައިވާތީއެވެ. ނަމަވެސް މަދުން ނަމަވެސް މިފަދަ ހާލަތެއް މެދުވެރި ނުވެ ނަމަވެސް ބައެއް މީހުން ލޭދެކެ ބިރުގަންނަ ފަހަރު އާދެއެވެ.

އާންމުގޮތެއްގައި ލޭދެކެ ބިރުގަންނަ މީހުންނަށް ލޭފެނުމުން ބިރުންގޮސް ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި އެމީހުންގެ ބްލަޑް ޕްރެޝަރ ކުއްލިއަކަށް މާބޮޑަށް ދަށްވުމާއި ބޯއެނބުރުމާއި އަދި ބޯއަނބުރާގަނެގެން ހޭނެތުން ފަދަ ކަންކަން ހިމެނެއެވެ. ލޭދެކެ ބިރުގަންނަ މީހުންނަށް އިންސާނުންގެ ލޭގެ އިތުރުން ޖަނަވާރުންގެ ލޭފެނުމުންވެސް ބިރުންގޮސް މިފަދަ އަލާމާތްތައް ފެނެއެވެ.

ލޭދެކެ ބިރުގަންނަ މީހުންނަށް އެމީހުންގެ ދިރިއުޅުމުގެ ކަންކަން ކުރުމަށްވެސް މިކަމުގެ ސަބަބުން އަސަރުކޮށް ހުރަސްއެޅެއެވެ. އެގޮތުން ތަނެއް ހަލާކުވެ ލޭއައުމުގެ ބިރަށް މިފަދަ މީހުން ކުޅިވަރުކުޅުމާއި، ކަސްރަތުކުރުންފަދަ ކަންކަން ކުރުމާއި ދުރުވެއެވެ. ސަބަބަކީ ތަނެއް ހަލާކުވެ ހޮސްޕިޓަލަށް ދާންޖެހި ޑޮކްޓަރަށް ދައްކައި އިތުރަށް ލޭއައުމުގެ ބިރު ބޮޑުވާތީއެވެ. އަދި މީގެ ސަބަބުން ބައެއް ފަހަރު ޑިޕްރެޝަންއަށް ހުށައެޅިގެންވެސް ދެއެވެ. ސަބަބަކީ ދިރިއުޅުމުގައި އެމީހުން ކުރަން ބޭނުންވާ ކަންކަން ނުކުރެވި ފަސްޖެހޭތީއެވެ.

މިކަމަށް އޮތް ހައްލަކީ ކޮބާ؟

ލޭދެކެ ބިރުގަންނަ މީހުންނަށް އޮތް ހައްލަކީ ކޮބާތޯ އެއީ އެންމެ ގިނަ މީހުން ހިތައް އަރާނެ ސުވާލެވެ. ލޭދެކެ ބިރުގަންނަ ނަމަ ކުރިންވެސް ބުނިހެން ލޭފެނުމުން ބްލަޑް ޕްރެޝަން ވަރަށް ބޮޑަށް ދަށްކޮށްލައެވެ. އެހެންކަމުން މިކަމަށް ދެވޭނެ އެއް ފަރުވާއަކީ އެވަގުތު ބްލަޑް ޕްރެޝަރ މަތިކުރުމެވެ.

އިތުރަށް ކުރެވިދާނެ ކަމަކީ މީހާ ރިލެކްސްވުން ނުވަތަ ހަމަޖެހިލުމެވެ. އެއިރުންވެސް ކޮންމެވެސް ވަރަކަށް ހައްލު ލިބިގެންދާނެއެވެ. ހަމަޖެހިލާފަދަ ކަމެއް ކޮށްލެވިދާނެއެވެ. ނުވަތަ ހިތައް އަރުވާލެވިދާނެއެވެ. އެއިރުން އަނބުރައިގަތުމުން ނުވަތަ އިންޖެކްޝަން ޖަހަން އުޅުމުގެ ތެރޭގައި ލިބޭ ގެއްލުންތަކުން ސަލާމަތްވެވޭނެއެވެ.

ރިއެކްޝަންސް
0
1
3
2
0
1
4