މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

6 އޯގަސްޓް 2022 - 15:18

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށާއި މުމްބާއީއަށް ޒިޔާރަތްކުރައްވާފައެވެ.

advertisement

އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމް ނިންމާލައިފި

ޔުނައިޑެޓް ސްޓޭޓްސް އިންޑޯ ޕެސިފިކް ކޮމާންޑާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ގުޅިގެން މިމަހުގެ 1 އިން 4 އަށް ރާއްޖޭގައި ބޭއްވި “އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓީ ފޯރަމް 2022” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި، އޮގަސްޓް ހަތަރު ވަނަ ދުވަހު ހަވީރު ބޭއްވި މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

ޖަޕާނު ފަތުރުވެރިން ރާއްޖެ އައުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައިވަނީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ޞާބިރު އާއި ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް (ޖާޓާ)ގެ ރައީސް ޓަޑަޝީ ޝިމޫއާއެވެ.

ހުޅުމާލޭ ވަގުތީ މަސް މާރުކޭޓު ކުއްޔަށް ދޫކުރަނީ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވަގުތީ މަސް މާރުކޭޓު ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ ކަނޑަށް ހުއްދަ ނުހޯދާ ވަދެއްޖެ ނަމަ އެއްލައްކަ ރުފިޔާގެ ޖޫރިމަނާ ކުރަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަ ނުހޯދާ ވަންނަ އުޅަނދުފަހަރު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ކަނޑައަޅާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޭރުގެ މަސްވެރި އުޅަނދުފަހަރުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާއި ގުޅޭ ގަވާއިދު ނެރެފިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0