ސޯޝަލް މީޑިއާ ރައްކާތެރިކަމާއެކު ބޭނުންކުރުމަށް ދަރިންނަށް ބުނެދޭނެ ގޮތް

7 އޯގަސްޓް 2022 - 11:14

ފުރާވަރުގެ އުމުރުގެ ގިނަ ކުދިންނަކީ މިހާރު ކޮންމެވެސް ކަހަލަ ސޯސަލް މީޑިއާގެ ވަސީލަތެއް ބޭނުންކުރާނެ ކުއްޖެކެވެ. އަދި ކޮންމެ ދުވަހު ސޯސަލް މީޑިއާ ބޭނުންކުރާ ކުދިންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރެވެ.

ސޯސަލް މީޑިއާއިން ކުދިންނަށް ފައިދާ ކުރެއެވެ. ހަމަމިގޮތައް ސޯސަލް މީޑިއާގެ ވަސީލަތްތަކުގެ ސަބަބުން ކުދިންނަށް ނޭދެވޭ އަސަރު ކުރާލެއްވެސް މަދެއް ނޫނެވެ.

advertisement

ސޯސަލް މީޑިއާއިން ކުދިންނަށް ލިބޭ ފައިދާއަކީ ކޮބާ؟

 • އާއިލާއާއި ރަހުމަތްތެރިންނާއި ގުޅުންބަދަހިވުން
 • ކަންކަމުގައި ވޮލެންޓިއަރ ކޮށް ހިލޭސާބަހަށް މަސައްކަތް ކުރުމަށް މަގުފަހިވުން
 • ކުދިންގެ ހުނަރުތައް ހިއްސާކޮށްގެން އެކަންކަން ކުރިއެރުވުމަށް ބާރުލިބުން
 • ކުދިންނާއި އެއްކަމެއްގައި ޝައުގުވެރިކަން ހުންނަ މީހުންނާއި ބައްދަލުވެ ހުނަރުތައް ތަރައްޤީވުމަށް މަގުފަހިވުން
 • ކިޔެވުމުގެ އެކިއެކި ކަންކަމުގެ ތަޖުރިބާކާރު ފަރާތްތަކާއި ދިމާވުން

ސޯސަލް މީޑިއާއިން ކުދިންނަށް ލިބިދާނެ ގެއްލުމަކީ ކޮބާ؟

ސޯސަލް މީޑިއާއަކީ ސައިބަރ ބުލީކުރާ މައިގަނޑު ތަނެކެވެ. ސޯށަލް މީޑިއާގައި ފުރާވަރުގެ އުމުރުގެ ކުދިން ހިއްސާކުރާ އެއްޗެއްސަކީ މާބޮޑު ވިސްނުމެއް ނެތި ހިއްސާކުރާ އެއްޗިއްސެވެ. މީގެސަބަބުން ގެއްލުން ލިބެއެވެ.

 • އެކުދިންގެ ފޮޓޯއާއިއެކު އަސްލު ނަސް ސޯސަލް މީޑިއާގައި ބޭނުންކުރުން
 • އުފަންދުވަހާއި ޝައުގުވެރިވާ ކަންތައްތައް ހިއްސާކުރުން
 • ސްކޫލްގެ ނަމާއި އުޅޭ ސަރަހައްދު ސޯސަލް މީޑިއާގައި އެންމެންނަށް ފެންނަގޮަތައް ހުރުން

މީގެ ސަބަބުން އެކުދިންނަށް ގެއްލުންދޭން މަސައްކަތްކުރާ މީހުންނަށް ކުދިންނާއި ބެހޭ މައުލޫމާތު ފަސޭހައިން ލިބި ޓާގެޓްކުރަން ފަސޭހަވެއެވެ. ގިނަ ފުރާވަރުގެ ކުދިން ބުނާގޮތުގައި:

 • އެކުދިންނަށް ނޭންގޭ މީހުން ސޯސަލް މީޑިއާގައި އެކުދިން ބިރުގަންނަ ފަދަ ގޮތަކަށް ވާހަކަދައްކަން މަސައްކަތް ކުރެއެވެ.
 • އުމުރާއި ނުގުޅޭ ޒާތުގެ ތަކެތި ސޯސަލް މީޑިއާއިން ފެނެއެވެ.
 • ވެބްސައިޓަކަށް ވަނުމަށް އުމުރު އޮޅުވާލައެވެ.

ބެލެނިވެރިންނަށް ކުރެވޭނީ ކޮންކަމެއް؟

 • ސޯސަލް މީޑިއާގައި އެހެންމީހުންނަށް ދެރަބަސްދީ އެއްޗެހި ހިއްސާނުކުރުމަށް ބުނާށެވެ.
 • ސޯސަލް މީޑިއާގައި އަމިއްލަ މީހާގެ މައުލޫމާތު ހިއްސާނުކުރުމަށް ބުނުން.
 • ސްކޫލްގެ މުދައްރިސުން، ވަޒީފާއަދާކުރާ ތަނުގެ ބޮޑުމީހާ ނުވަތަ މާމަ ކާފައަށް ފެންނަން ބޭނުންނުވާނެ އެއްޗެއް ސޯސަލް މީޑިއާގައި ހިއްސާނުކުރުމަށް ބުނުން
 • ނުދަންނަ މީހުންނަށް އެއްގޮތަކަށްވެސް ރަހުމަތްތެރި ނުވުމަށް ބުނާށެވެ.
ރިއެކްޝަންސް
0
1
0
1
2
0
0