އަހަރު ނިމެންދެން ގްރީން ޓެކްސް ނެގުމަށް ގާނޫނީ ހުރަހެއް

7 އޯގަސްޓް 2022 - 15:14

ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނަސް އެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށުމާއި އެކު ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިގްތިސާދާއި ދައުލަތުގެ ފައިސާއަށް ވަންނަ ބައި މި އަހަރުގެ ނިޔަލާ ހަމައަށް ވަނީ ހުއްޓިގެން ގޮސްފައެވެ. ޓެކްސް ނެގުމުގެ އުސޫލު އިތުރަށް ފުޅާކޮށް، އިތުރު ފައިދާ ވާނެ ހެން އިސްލާހުކުރި ގާނޫނު މިހާރު ވަނީ ބުރައަކަށް ވެފައެވެ.

2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ނަގަމުން އައި ގްރީން ޓެކްސް ނެގުން ހުއްޓިފައި ވަނީ ޖޫން 30ގައި ފާސްކޮށް، އަދި ޖުލައި 3 ގައި ރައީސް ތަސްދީގުކުރެއްވި، ޓޫރިޒަމާ ބެހޭ ގާނޫނަށް 11 ވަނަ އިސްލާހުގެ ސަބަބުންނެވެ. މަޖިލީހުގައި އެ ދުވަހު ހާޒިރުވެ ތިއްބެވި 65 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ވޯޓާއި އެކު ފާސްކުރި އެ އިސްލާހުގައި ވާގޮތުން ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ.

advertisement

އެއާ އެކު މިހާތަނަށް ގްރީން ޓެކްސް ނުދައްކާ ތިބި ރިސޯޓުތަކުން އެ ފައިސާ ހޯދާނެ މަގު ބަންދުވެ، މި އަހަރުގެ ނިޔަލަށް ދެން ގްރީން ޓެކްސް ނެގުން ވެސް ހުއްޓުނީއެވެ.

އިސްލާހުގެ މައިގަނޑު ބޭނުމަކީ، ގެސްޓް ހައުސްތައް ވެސް ގްރީން ޓެކްސްގެ ތެރެއަށް ވެއްދުމަށެވެ. ގާނޫނު މިހާރު އޮތް ގޮތުން ރިޒޯޓުތަކާއި، ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތަކާއި ގެސްޓްހައުސްތަކުން ވެސް ގްރީން ޓެކްސް ނެގުމެވެ. ގްރީން ޓެކްސްގެ ގޮތުގައި ދައްކަން ޖެހެނީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 6 ޑޮލަރެވެ.

ރިއެކްޝަންސް
0
0
2
0
0
0
0