ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ 63 އިންސައްތައަކީ ބަންގްލަދޭޝް މީހުން

8 އޯގަސްޓް 2022 - 9:16

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައި %63 އަކީ ބަންގްލަދޭޝް މީހުންކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަކީ ގައުމުގެ ތަރައްގީއަށާއި އިގްތިސާދަށް ގިނަގުނަ ހިދުމަތްކުރާ މީހުންނެވެ.

advertisement

މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެ ބިއުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި 177،585 މަސައްކަތްތެރިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ. އެއީ %63 އެވެ. މީގެތެރޭގައި ހިމެނެނީ 112158 ފިރެހެނުންނާއި، 430 ފިރެހެނުންނެވެ.

2 ވަނައަށް އެންމެ ގިނައިން ރާއްޖޭގައި މަސައްކަތްކުރަނީ އިންޑިއާ މީހުންނެވެ. އެއީ %16 އެވެ. މީގެތެރޭގައި ހިމެނެނީ 24،379 ފިރެހެނުންނާއި 4461 އަންހެނުންނެވެ.

3 ވަނައިގައި އުޅެނީ ސްރީލަންކާއެވެ. ސްރީލަންކާގެ 14،311 ފިރެހުންނާއި 1359 އަންހެނުން އަންނަނީ ރާއްޖޭގައި މަސައްކަތް ކުރަމުންކަމަށް މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭ ޤައުމުގެ 4 ވަނައިގައި އުޅެނީ ނޭޕާލްއެވެ. އެއީ 3544 ފިރެހެނުންނާއި 1485 އަންހެނުންނެވެ. ޗައިނާގެ 3045 ފިރެހެނުންނާއި 481 އަންހެނުން އަންނަނީ ރާއްޖޭގައި މަސައްކަތް ކުރަމުންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ބަލާއިރު ބިދޭސީ ފިރެހެނުންގެ ނިސްބަތަކީ %45 އެވެ. އަދި އަންހެނުންގެ ނިސްބަތަކީ %7 އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0