މަދުބަޔަކު ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ޚަރަދަށް އެމްބަސީތަކުން 1 ބިލިއަން ރުފިޔާ

9 އޯގަސްޓް 2022 - 15:12

މަދުބަޔަކު ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ޚަރަދަށް އެމްބަސީތަކަށް ކުރާ ޚަރަދުގެ ނަމުގައި މިދައުރުގައި 1 ބިލިއަން ރުފިޔާ ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުވާނެކަމަށް، މައުލޫމާތު ޙޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ހޯދި މައޫލޫމާތުން ހާމަވެއްޖެއެވެ.

ފޮރިން މިނިސްޓްރީއިން އަދި ބޭރުގެ އެކި ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިވެހި ސަރުކާރުން ހަރަދުކުރާ އެންމެހާ ފައިސާގެ ތަފްސީލު އެމްވީޕްލަސް އަށް ވަނީ ލިބިފައެވެ.

advertisement

ކޮންމެ އަހަރަކު މަދުވެގެން ދުއިސައްތަ ފަންސާސް މިލިއަން ރުފިޔާ ހަމައެކަނި ބޭރުގެ އެމްބަސީތަކަށް، އިޤްތިޞާދު މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޚަރަދު ކުރުމަކީ ބޮޑުވެގެންވާ އިސްރާފެއްކަމަށް ގިނަ ރައްޔިތުން ދެކެއެވެ.

ރާއްޖެއިން ބޭރުގައި ހުންނަ ގިނަ މިޝަންތަކާއި އެމްބަސީތަކަކީ މާގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ތަންތަން ނޫންކަމަށާއި، ގިނަކަންކަމަކީ މާލެގެ ފޮރިން މިނިސްޓްރީއިންވެސް ކޮށްލެވިދާނެފަދަ މަަސައްކަތްތަކެއް ކަމަށް ޚާރިޖީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އަދި މިފަދަ މިޝަންތަކަށް ކުރެވޭ ޚަރަދަކީ ރާއްޖެފަދަ ކުޑަ ޤައުމަކާ އަޅާބަލާއިރު، ބިރު ގަންނަންޖެހޭވަރުގެ ޚަރަދުތަކެއް ކަމަށްވެސް އެފަރާތްތަކުން ވިދާޅުވެއެވެ. މި ޚަރަދު ތަކުގެ ތަފްސީލީ މައުލޫމާތު ހޯދުމަށް މީގެ މަހެއްހާ ދުވަސްކުރިން އެމްވީޕްލަސް އިންވާނީ އެދިފައެވެ. އަދި މިމައުލޫމާތު ލިބުނުހާ އަވަހަކަށް ކިޔުންތެރިންނާ ހަމައަށްގެނެސްދެވޭނެ ވާހަކަ ދަންނަވަމެވެ.

ރާއްޖޭއިން ބޭރުގައި ހުންނަ އެކި މިޝަންތަކުގެ އިސް މަޤާމުތަކަކީ ނުފޫޒުގަދަ މަދު އާއިލާތަކަށް އަދި ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް ލިބޭ ހަދިޔާއެއްގެ ގޮތުގައި ކަމަށް މީގެ ކުރިންވެސް އަޑުވަނީ ފެތުރިފައެވެ. އަދި މިއީ އެފަދަ ފަރާތްތަކުން ރާއްޖެއިން ބޭރުގައި ލަގްޒަރީ ދިރިއުޅުމެއް އުޅުމަށް ސަރުކާރުގެ ތެރެއިން ވެދޭ އެހީތެރިކަމެއްކަމަށް ގިނަބަޔަކު ދެކެއެވެ. ޚަރަދު އަދި އެފަދަ ގިނަ ފަރާތްތަކުން ބޮޑެތި މުސާރަތަކާއި އިނާޔަތްތައް ނަގަނީ ގިނަ ފަހަރު މަސައްކަތެއް ކުރުމަކާއި ނުލައެވެ.

ރިއެކްޝަންސް
1
0
0
1
0
1
6