މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

10 އޯގަސްޓް 2022 - 19:10

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމަށް ފުރުސަތު ހުޅުވާލަނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، އަންނަ އާދީއްތަ ދުވަހު ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވާނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާ ގިންތިތަކުގެ ތެރޭގައި މިއަހަރު އިތުރު ގިންތިއެއް ވަނީ ހިމަނުއްވާފައެވެ. އެއީ، މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާޚިލާފު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށާއި، މި ދާއިރާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފުން ޤައުމުގެ ތަރައްޤީއަށް ކޮށްފައިވާ އަދި ކުރަމުންގެންދާ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް، ޤައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް، ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ، އެމަނިކުފާނުގެ އެދިވަޑައިގަތުމުގެމަތިން މިއަހަރު އިތުރުކުރެއްވި ގިންތިއެކެވެ.

advertisement

މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ފަށަނީ

މަގޫދޫ ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އެމްޓީސީސީން ބާއްވައިފި އެވެ.

ނޯ ޓޮބޭކޯ ޑޭ އާއި ގުޅިގެން ހުޅުމާލޭގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގެ އިންސްޕެކްޝަނެއް

ވޯލްޑް ނޯ ޓޮބޭކޯ ޑޭ 2022 އާއި ގުޅިގެން ހުޅުމާލޭގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުގައި ދުންފަތް ވިއްކާއަދަދު ބަލައި އިންސްޕެކްޓް ކުރުމުގެ ހަރަކާތެއް މިއަދު ވަނީ ފެށިފައި ކަމަށް އެޗްޑީސީން ވިދާޅުވެއްޖެ އެވެ.

މަހަކު އެއްދުވަހު ގޮއިދޫ ސުކޫލް ދަރިވަރުން ބައިސްކަލުގައި ސުކޫލަށް

ދުޅަހެ ސިއްހަތެއްގައި ހުރުން ކުދިން މެދުގައި ޕްރޮމޯޓްކުރުމަށް މަހަކު އެއްދުވަހު ގޮއިދޫ ސުކޫލް ދަރިވަރުން ބައިސްކަލުގައި ސުކޫލަށް އަންނަ ގޮތުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ހއ. ދިއްދޫގައި 75 ހައުސިންގ ޔުނިޓު އަޅަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. ދިއްދޫގައި 75 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލު ކޮށްފި އެވެ. 120،405،400.00 ރުފިޔާ އަށް މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ

ރިއެކްޝަންސް
0
0
0
0
0
0
0