ވަގަށް ގެންގޮސްފައިވަނީ މުވައްޒަފެއްގެ މޭޒު ކަބަޑުގައި ބަހައްޓާފައި ހުރި 25 ރުފިޔާ: މީރާ

11 އޯގަސްޓް 2022 - 9:22

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި 25 ރުފިޔާ ވަގަށް ނަގައިފިއެވެ.

މީރާގެ އޮފީސް ފަޅާލާފައިވަނީ ހޯމަ ދުވަހުގެ ރެއެވެ. މީރާއިން ބުއީ އެ އިދާރާއަށް ވަދެފައިވަނީ ކުޑަދޮރެއް ހަލާކުކޮށްލައިގެންކަމަށެވެ.

advertisement

މީރާއިން ބުނީ އެ އިދާރާގެ އޮފީސް ފާޅާލައި ވަގަށް ގެންގޮސްފައިވަނީ މުވައްޒަފެއްގެ މޭޒު ކަބަޑުގައި ބަހައްޓާފައި ހުރި 25 ރުފިޔާ ކަމަށެވެ.

މީރާއިން ބުނީ ދައުލަތަށް ލިބޭ އާމްދަނީގެ ފައިސާތައް މީރާއިން ވަރަށް ރަނގަޅަށް ބަލަހައްޓާތީ ވަގަކު ވަނަސް އެތަކެތި ގެންދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަންސް
0
0
2
0
0
0
0