ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި އޮކްޓޯބަރ 3 އަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި

14 އޯގަސްޓް 2022 - 14:45

ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި އޮކްޓޯބަރ 3 އަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި ކަމަށް ރައީސް އޮފީހުން ނެރުއްވި ބަޔާނަކުން އަންގަވައިފި އެވެ.

މި އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއާއި، މި އަހަރަކީ [ޤައުމީ ފަތުރުވެރިކަމުގެ ދުވަސް] ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމާއެކު، މި އަހަރު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން 2022 އޮކްޓޫބަރު 3 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

advertisement
އެންމެ 30 ކޮޓަރިއާ އެކު ހުޅުވި ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު | ފޮޓޯ: ކުރުނބާ މޯލްޑިވްސް

1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ރިޒޯޓް ކުރުނބާ ވިލެޖް ހުޅުވުނު ދުވަހެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަސް ކަމުގައި، އޮކްޓޫބަރު 3 ވަނަ ދުވަސް ކަނޑައަޅާފައި ވަނީ އެ މުނާސަބަތާއި ގުޅުވައިގެންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0