އުރީދޫއިން، ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް މުޖުތަމައުގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާ މީޓިންގްތަކެއް ދޯހާގައި ބާއްވައިފި

16 އޯގަސްޓް 2022 - 11:21

އުރީދޫގެ ތަސައްވަރާ އެއްގޮތުގެ ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް އެކި ސިނާއަތްތައް ހިމެނޭހެން މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން މިސް ފާތިމާ އަލް ކުވާރީ ވަނީ ރާއްޖޭގެ މިނިސްޓީރިއަލް ޑެލެގޭޝަންއަކަށް ދައުވަތު ދީ، ގަތަރުގެ ދޯހާގައި ހުންނަ މުހިންމު ވުޒާރާތަކާއި މުއައްސަސާތަކާއެކު ބައްދަލުވުންތައް ބޭއްވުމުގެ މަގު ފަހިކޮށްދީފައެވެ.

މި ބައްދަލުވުންތަކަކީ އުރީދޫ އިން އިސްނަގައިގެން، ގަތަރާއި ރާއްޖެއާ ދެމެދު ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް ކުރެވިދާނެ ކަންކަމާއި ވުޒާރާތަކާއި މުއައްސަސާތަކުގެ ކުރިއެރުމަށް ކަންކަން ކުރާނެ އެންމެ ރަނގަޅު ގޮތްތަކާއި މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުންތަކެކެވެ.

advertisement

މި ބައްދަލުވުންތަކުގައި ރާއްޖެއިން، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އޮނަރަބަލް އާމިނަތު ޝައުނާއާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން، އޮނަރަބަލް ޢާއިޝަތު ޢަލީއާއި، ި، މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗަރ އޮނަރަބަލް ދުންޔާ މައުމޫނުގެ އިތުރުން މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުކުރެއްވި ޤަޠަރުން ބައިވެރިވަޑައިގެންނެވި މިނިސްޓަރުންގެ ތެރެއިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ބުތައިނާ ބިންތު ޢަލީ އަލްނުއައިމީއާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް، ޝައިޚް ޑޮކްޓަރ ފަލިޙް ބިން ނާސިރު ބިން އަޙްމަދު ބިން ޢަލީ އާލް ޘާނީއާއި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ، ޝައިޚް މުހައްމަދު ބިން ޢަލީ އާލް މަނާއީއާއި، މިނިސްޓަރ އޮފް ކަލްޗަރ، އާޓްސް އެންޑް ހެރިޓޭޖް، ޝައިޚް ޢަބްދުއްރަޙްމާން ބިން ހަމަދު އަލް ޘާނީ ހިމެނިވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި އުރީދޫ ގެ އިސް މެނޭޖްމެންޓް ޓީމުގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ޙުސައިން ނިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޤަތަރުގެ މިނިސްޓްރީތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ލައިބްރަރީ ފެންވަރު ރަނގަޅުކޮށް އަޕްގްރޭޑްކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޤަތަރު ފައުންޑޭޝަންއާއި ކަމާބެހޭ މުހިންމު މުއައްސަސާތަކަށް ޒިޔާރަތްކުރުމުގެ މަގުވެސް އުރީދޫއިން ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން ޤަތަރުގެ ޤައުމީ ދާރުލްއާޘާރާއި، ކަތާރާ ކަލްޗަރަލް ވިލެޖާއި، އާރޓް ގެލަރީއާއި، ވަރކްޝޮޕްތަކާއި އެގްޒިބިޝަންތައް ބާއްވާ ތަންތަނާއި، ޕަރފޯމަންސް އެރީނާތަކުގެ އިތުރުން އެހެނިހެން ޘަޤާފީ ދާރުލްއާސާރުތައް ވަނީ ޒިޔާރަތްކޮށްފައެވެ.

މި ބައްދަލުވުންތަކާއެކު އުރީދޫގެ އަމާޒަކީ ގަތަރާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ކުރިއެރުން ހޯދުމަށް، ހިޔާލު ބަދަލުކޮށް، ޕާޓްނާޝިޕްތައް ގާއިމްކުރުމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0